logoEN
cocacola
ޝާއިންގެ ދެލަނޑާއެކު ވެލާ އެސްސީ، ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ޕާކުން ހޯދައިފި

ޝާއިންގެ ދެލަނޑާއެކު ވެލާ އެސްސީ، ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ޕާކުން ހޯދައިފި

ހަސަން ޝަމްއޫން

logo

5/3/2024, 1:51:00 PM

# ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖު 2024# ދިވެހި ކުޅިވަރު # ފުޓްސަލް

ވެލާ އާއި ޕާކް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / އާހިލް

އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2024 ގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ވެލާ އެސްސީ ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ޕާކް އެސްސީ އިން ހޯދައިފި އެވެ.

ގޮސިޔާ

މުބާރާތުގެ ސެމީ ފައިނަލުން ވެލާ އެސްސީ ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ވާދަވެރި ކުޅުމަށްފަހު 3-2 ގެ ނަތީޖާއަކުން ޒެނޮފީލިއާ ބަލިކުރުމަށްފަހު އެވެ. އަދި މުބާރާތުގެ ސެމީ ފައިނަލުން ޕާކް އެސްސީ ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ފަހަތުން އަރައި 4-2 ގެ ނަތީޖާއަކުން ބީސްޓް އެފްސީ ބަލިކުރުމަށްފަހު އެވެ.

undefinedވެލާ އާއި ޕާކް ވާދަކުރި މެޗުގެ ތެރެއިބް.. ފޮޓޯ: ގާފު ސްޕޯޓްސް / އާހިލް

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މެޗުގެ ވަރަށް ކުރީކޮޅު ޕާކުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު މެޗު ފެށިގެން ފަސްވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޝާއިން އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި މީސާގު ތަނަވަސްކޮށްދިން ފުރުސަތެއްގައި ވެލާގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ޕާކު ކުރީގައި އޮވެގެންނެވެ.

undefinedވެލާ އާއި ޕާކް ވާދަކުރި މެޗުގެ ތެރެއިބް.. ފޮޓޯ: ގާފު ސްޕޯޓްސް / އާހިލް

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ވެލާ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު ހުސާމް އެވެ. މިއީ ވެލާގެ ހާފުތެރެއިން ބޯޅައާއެކު ކުރުއަށް އަރައި ކައިރީގައިތިބި ދެ ކުޅުންތެރިން ކައިރިން ނައްޓާލުމައްފަހު ތިރިތިރިން ކުރިއަށް ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮއްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

undefinedވެލާ އާއި ޕާކް ވާދަކުރި މެޗުގެ ތެރެއިބް.. ފޮޓޯ: ގާފު ސްޕޯޓްސް / އާހިލް

ނަމަވެސް ޖެހިގެން އައި މިނެޓުގައި ޕާކުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަލުން މެޗުގެ ލީޑު ހޯދާފައެވެ. ވެލާގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭޖެހުމެއްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމު ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިިން ޝާއިން އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޕާކް ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ޕާކް ސްޕޯޓްސް ކުލަބުގެ މުހައްމަދު ޝާއިން އެވެ.

ޓީއެންޓީ ގެ ފަރާތުން އިންތިޒާމުކޮށްގެން އެޕްރީލް މަހުގެ 25 އިން މެއި މަހުގެ 4 ގެ ނިޔަލަށް މާލޭ ސިޓީގައި ކުރިއަށް ގެންދާ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބޭއްވޭ 23 އަހަރުން ދަށުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

undefinedވެލާ އާއި ޕާކް ވާދަކުރި މެޗުގެ ތެރެއިބް.. ފޮޓޯ: ގާފު ސްޕޯޓްސް / އާހިލް

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 7،500 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިއަހަރުގެ މުބާރާތް ކުރިއަށް ދަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ.

މީގެ އިތުރުން މިމުބާރާތުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ޓީއެންޓީ ފޭސްބުކް ޕޭޖް އަދި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ ގެ ގޮތުގައި އިލާލާ ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ