
މިހާރަށްވުރެ ފުރިހަމައަށް ރައްޔިތުންނަށް ޚިދްމަތްލިބޭގޮތަށް ކުޑަގިރި ތަރައްޤީކުރަނީ
# ކުޑަގިރި# ފީނާ ވަލީދުކުޑަގިރި
މާލެ ސަރަހައްދުގައި ކުރީ ސަރުކާރުން ތަރައްޤީކުރި ކުޑަގިރި ޕިކްނިކް އައިލެންޑް އިތުރަށް ތަރައްޤީކުރުން ހަމަޖެހިފައިވާ ކަން ސަރުކާރުން ހާމަކޮށްފި އެވެ.

ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭގެ ރައްޔިތުންނަށް ޚާއްސަ ތަނެއްގެ ގޮތުގައިކަމަށެވެ. އަދި ކުޑަގިރީގައި މިހާރު ހުރި ވަސީލަތްތައް މަދުކަމާއި ހުރި ދަތިތަކާ ގުޅިގެން ލިބެމުންދާ ޝަކުވާތަކަށް ޙައްލެއް ހޯދުމުގެ މަސައްކަތްތައް ކުރައްވަނެކަމަށް ހީނާ ވިދާޅުވިއެވެ.އެގޮތުން އެ ޝަކުވާތަކަށް ހައްލެއް ގެނައުމުގެ ގޮތުން ކުޑަގިރި މިހާރަށްވުރެ ފުރިހަމައަށް ރައްޔިތުންނަށް ޚިދުމަތް ލިބޭގޮތަށް ސަރުކާރުން ތަރައްޤީކުރައްވާނެކަމަށް ހީނާ ވިދާޅުވިއެވެ.
މާލޭ ސަރަޙައްދުން ދަތުރުދާން ޚާއްޞަކޮށްގެން ސަރުކާރުން ތަރައްޤީކުރި ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކުރީ ސަރުކާރުންނެވެ. ކުޑަގިރިއަށް މާލެއިން ލޯންޗުގައި 15 މިނެޓުން ދެވެ އެވެ.
މިއީ އާންމުންނަށް ދަތުރުދިއުމަށް ޚާއްސަކޮށް މި ކޮންސެޕްޓަށް ރާއްޖޭގައިވެސް ތަރައްޤީކުރި ފުރަތަމަ ރަށެވެ. މިތަނުގައި ރަށުގެ ކަންކަން ބެލެހެއްޓުމަށް ޚާއްސަ އޮފީހަކާއި، ކެފޭއާއި ފިހާރަ އަދި މަޑުކޮށްލައިގެން ތިބުމަށް ޑޭ ރޫމްތައް ވަނީ ހަދާފައެވެ.ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ މި ރަށަށް ދަތުރުދާ މީހުންނަށް މަޑުކޮށްލައިގެން ތިބޭ ހަޓުތަކަކާއި ގިނަ ކުޅިވަރު ހަރަކާތްތަކެއް ރަށުގައި ކުރިއަށްގެންދެވޭނެ ފެސިލިޓީތައް ވަނީ ހަދާފައެވެ.
ގުޅުންހުރި

ކުޑަގިރި ފަޅަށް އެއާ މޯލްޑިވްސްގެ ދެ ޑޯނިޔާ ފައްތާލާ ދޫނިއާ ރެކް ވުޖޫދަށް!

މިހާރަށްވުރެ ފުރިހަމައަށް ރައްޔިތުންނަށް ޚިދްމަތްލިބޭގޮތަށް ކުޑަގިރި ތަރައްޤީކުރަނީ

މާލެ ސަރަހައްދުގައި ތަރައްޤީކުރާ ޕިކްނިކް އައިލެންޑް މިއަހަރުގެ ތެރޭގައި ހުޅުވާނެ - ސަރުކާރު
