
--
އެއާ މޯލްޑިވްސްއިން ބޭނުންކުރި ޑޯނިއާ 2 މަތިންދާ ބޯޓު ކުޑަގިރި ފަޅުތެރެއަށް ފައްތާ އައު ޑައިވް ސައިޓެއްގެ ގޮތުގައި ތަރައްޤީކޮށް ހުޅުވާލައިފިއެވެ.

ކުޑަގިރި ދޫނިޔާ ރެކްގެ ނަމުން ނަންދީފައިވާ މި މި ޑައިވް ސައިޓަށް ޑޯނިއާ 2 މަތިންދާ ބޯޓު ފައްތާލާފައިވަނީ މިއަދުގެ ވަގުތެއްގައި އެމްޓީސީސީއާއި އެޗްޑީސީ ގުޅިގެންނެވެ.
ކުޑަގިރި ފަޅުގައި ޑައިވް ސައިތެއް ތަރައްޤީކުރުމުގެ މަޝްރޫއު ހިންގަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)، އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޯޕަރޭޝަން (އެމްޓީސީސީ) ގުޅިގެނެވެ.
މި ޑައިވް ސައިޓު ރަސްމީކޮށް ހުޅުވުމަށްޓަކައި ބޯޓުތައް ފައްތާލުމަށް ކުރިޔަށް ގެންދިޔަ ހަރަކާތުގައި ޓުއަރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް އާއި އެޗްޑީސީ, އެމްއެމްޕީއާރްސީ, އެމްޓީސީސީ އަދި އޫރިދޫ ހިމެނޭހެން ބައެއް ކުންފުނިތަކާއި މުވައްސަސާތަކުގެ ވެރިން ވަނީ ބައިވެރިވެފައި އެވެ.
އެޗްޑީސީން ބުނީ މި ސައިޓަށް ދޫނިޔާ ރެކްގެ ނަމުން ނަންދީފައިވަނީ ރާއްޖޭގެ އެވިއޭޝަން ތާރީޚުގައި މުހިންމު ދައުރެއް އަދާކުރި ދެ މަތިންދާ ބޯޓު ފައްތައިގެން ތަރައްޤީކޮށްފައިވާ ސައިޓަކަށްވެފައި، އުދުހުމުގެ މަފްހޫމް ދޭހަކޮށްދިނުމަށް ދޫންޏަށް ނިސްބަތްކޮށެވެ. މި ސައިޓަކީ ފަތުރުވެރިންނާއި އެހެނިހެން ޒިޔާރަތްކުރާ ފަރާތްތަކަށް އިތުރަށް ޝައުގުވެރިވާނެ ތަނެއްގެ ގޮތުގައި ހެދުމަށްޓަކައި، ސައިޓުގައި މުރަކަ އިންދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައިކަމަށް އެޗްޑީސީން ބުނެއެވެ. އަދި ކުޑަގިރި ފަޅުތެރޭގައި ތަރައްޤީކޮށްފައިވާ މި ސަރަޙައްދު ބަލަހައްޓާނީވެސް އެޗްޑީސީންނެވެ.
ގުޅުންހުރި

ކުޑަގިރި ފަޅަށް އެއާ މޯލްޑިވްސްގެ ދެ ޑޯނިޔާ ފައްތާލާ ދޫނިއާ ރެކް ވުޖޫދަށް!

މިހާރަށްވުރެ ފުރިހަމައަށް ރައްޔިތުންނަށް ޚިދްމަތްލިބޭގޮތަށް ކުޑަގިރި ތަރައްޤީކުރަނީ

މާލެ ސަރަހައްދުގައި ތަރައްޤީކުރާ ޕިކްނިކް އައިލެންޑް މިއަހަރުގެ ތެރޭގައި ހުޅުވާނެ - ސަރުކާރު
