
--
އަންނަ ހޮނިހިރު ދުވަހުން ފެށިގެން މިއަހަރަށް ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށަން ނިންމާފައިވާ ކަމަށް ޒަކާތު ހައުސްއިން ބުނެފި އެވެ.

ޒަކާތު ހައުސްއިން މިއަދު ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިޠުރުޒަކާތް ދެއްކުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު، 22 ރަމަޟާން 1446 (22 މާރިޗު 2025) ވާ ހޮނިހިރު ދުވަހުން ފެށިގެން، 27 ރަމަޟާން 1446 (27 މާރިޗު 2025) ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.
އަދި ފިޠުރުޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު ޢާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރު ކަމަށްވެސް ވަނީ ބުނެފައި އެވެ.
މާލެ ސިޓީގައި ގޮވާމުން ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މަޖީދިއްޔާ ސްކޫލުގެ ސަލާޙުއްދީން ހޯލު (ކުރީގެ ދަރުމަވަންތަ ސްކޫލް ހޯލު) ގައެވެ. ގޮވާމުން ފިޠުރު ޒަކާތް ދެއްކުމަށް ވަޑައިގަންނަވާ ބޭފުޅުން ބޭނުން ކުރައްވާނެ ގޭޓަކީ، ކުރީގެ ދަރުމަވަންތަ ސްކޫލުގެ (އަމީރު އަޙްމަދު މަގުގައިވާ) މައި ގޭޓެވެ. ގޮ
ވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ 22 މާރިޗު 2025 - 27 މާރިޗު 2025 ގެ ނިޔަލަށް 13:00 ން 16:00 އަށެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތަކަކީ އާދައިގެ ހަނޑޫ ,ތައިލެންޑް ހަނޑޫ, ބާސްމަތީ ހަނޑޫ , ރަތް ހަނޑޫ , ގޮދަން ފުށް އަދި އާޓާ ފުށެވެ.
ގުޅުންހުރި

ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުން ފިޠުރުޒަކާތް ބަލައިގަންނަން ފަށަނީ

ޒަކާތުގެ އިތުރުން ހެޔޮކަންކަމަށް ހޭދަކުރަން ދެވޭ ފައިސާ ޖަމާކުރެވޭނެ ނިޒާމެއް ގާއިމްކުރަނީ

ރާއްޖޭގައި ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް އެކުލަވާލައި އާންމުކޮއްފި
