
މާރުކޭޓެއް ބަލައި ފާސްކޮށް ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިއަ ބިދޭސީއަކު ހައްޔަރަށް!
# މޯލްޑިވްސް އިމިގްރޭޝަން--
މާލޭގައި ހިންގަމުންދިއަ ކުޑަ މާރުކޭޓެއް ބަލައި ފާސްކޮށް ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިއަ ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ދާޚިލީ ވުޒާރާ އާއި، މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެންދަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 6076 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލާފައެވެ.
އިމިގްރޭޝަނުން އާންމު ކޮށްފައިވާ މައުލޫމާތެއްގައި ވަނީ ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ހުއްޓުމެއްނެތި ކުރިއަށްދާ އޮޕަރޭޝަންތަކުގެ ތެރެއިން އިއްޔެ ވަނީ މާލޭގައި ހިންގަމުންދިއަ ކުޑަ މާރުކޭޓެއް ބަލައި ފާސްކޮށް އެތަނުގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިއަ ބިދޭސީއެއް ހައްޔަރުކޮށްފައެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓް ފޯމެއްވެސްވަނީ ޤާއިމްކޮށްފައެވެ. އިމިގްރޭޝަން ވޮޗަށް މިހާތަނަށް 1297 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފަވާއިރު މީގެތެރެއިން ނުނިމި އޮތީ އެންމެ 11 މައްސަލައެކެވެ.
ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް އޮޕަރޭޝަން ކުރަނގީގެ ނަމުގައިވެސް ހަރަކާތެއްދަނީ ހިންގަމުންނެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 77ހާސް ބިދޭސީންގެ މަޢުލޫމާތު ވަނީ ނަގާފައެވެ.
ގުޅުންހުރި

މާރުކޭޓެއް ބަލައި ފާސްކޮށް ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިއަ ބިދޭސީއަކު ހައްޔަރަށް!

ފުޅާ ދާއިރާއެއްގައި ހަށި ވިއްކަމުންދިޔަ ތިން ބިދޭސީއަކު އަތުލައިގަނެ ދެމީހުން މިހާތަނަށް ޑީޕޯޓުކޮށްފި

ގަވާއިދާ ޚިލާފަށް ކާބޯތަކެތި ތައްޔާރުކޮށް ޑެލިވަރީގެ ވިޔަފާރި ކުރަމުންދިޔަ 3 ބިދޭސީއަކު ހައްޔަރަށް!
