logoEN
Sto top
ބުޅާތައް އޮޅުހިޔާއަށް ނުގެންގޮސް މަގުމައްޗަށް މަރުވެ ނަޖިސްވަމުން އަންނަކަމަށްބުނެ އާޒިމްގެ ކަންބޮޑުވުން!

ބުޅާތައް އޮޅުހިޔާއަށް ނުގެންގޮސް މަގުމައްޗަށް މަރުވެ ނަޖިސްވަމުން އަންނަކަމަށްބުނެ އާޒިމްގެ ކަންބޮޑުވުން!

އަހުމަދު ޝުރާއު

logo

3/17/2025, 4:31:37 PM

# މާލެ ސިޓީ ކައުންސިލް

--

މާލެ ސިޓީ ކައުންސިލުން ޚަރަދުކޮށްގެން ބުޅާ ބެލެހެއްޓުމަށް ޓަކައި ތަރައްޤީކޮށްފައިވާ "އޮޅުހިޔާ" ކައުންސިލް އަތުން ސަރުކާރުން އަތުލުމަށްފަހު ބުޅާތައް މަގުމަޗަށް މަރުވެ، މަގުތަށް ނަޖިސްކުރަން ދޫކޮށްލާފައިވާތީ މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Wamco

މޭޔަރ ޢާޒިމް މިކަމަށް ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ސޯސަލް މީޑީއާގެ ޕްލެޓް ފޯމްތަކުގައި ހޮނިހިރު ދުވަހުގެ ރޭ ކުރެއްވި ޕޯސްޓެއްގައެވެ.

މޭޔަރ ޢާޒިމް ވިދާޅުވެފައި ވަނީ ބުޅާތައް ގެންދިއުމަށް މާލެ ސިޓީ ކައުންސިލުން ވަރަށް ބުރަ މަސައްކަތުން، ބޮޑު އަގުގައި ހަރަދުކޮށްގެން މާލޭ ސިޓީގެ ރައްޔިތުންނަށްޓަކައި ހެދި ބުޅާ ފެސިލިޓީ ކައުންސިލް އަތުން ސަރުކާރުން އަތުލުމަށްފަހު ބުޅާތައް އެތަނަށް ނުގެން ގޮސް މަގުމައްޗަށް މާރުވާން ދޫކޮށްލައި، މަގުތަށް ނަޖިސްކުރަން ބުޅާތަށް ދޫކޮށްލާފައިވާ ކަމަށެވެ.

މިއީ ހިތާމަކުރައްވާ ކަމެއްކަމަށް ފާހަގަ ކުރައްވާ މޭޔަރ ޢާޒިމް ވިދާޅުވެފައިވަނީ މިއީ މާލެ ސިޓީގެ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ. އަދި ބުޅާތަށް މަރުވެ މަގުތަށް ނަޖިސްވަމުން އަންނާތީ ބުޅާތަކުގެ ކިބައިން ބަލިތަކެއް ފެންނަމުން އަންނަ ކަމަށާއި ރައްޔިތުން ބުޅަލުގެ ނަޖިސްތެރޭގައި ހިނގާބިގާވެ، ކޮންމެ ދުވަހަކުވެސް އުޅެންޖެހޭ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވެފައި ވަނީ މޫދު ކައިރީގައި އުޅޭ ކުދިންނާއި އަދި މޫދަށް އެރޭ އެކި ފުރައިގެ މީހުން ކޮންމެ ދުވަހަކު ބުޅަލުގެ ނަޖިސްތެރޭގައި އުޅެން ޖެހިފައިވާ ކަމަށެވެ. އެހެން ކަމުން މަގުތަކުގައި ތިބި ބުޅާތައް އަވަހަށް ބުޅާ ފެސިލިޓީއަށް ގެންދިއުމަށް ވެސް މޭޔަރ ޢާޒިމް ވަނީ ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ކިބައިން އެދިވަޑައިގެންފައިވެއެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ޤާއިމް ކޮށްފައިވާ ބުޅާ ފެސިލިޓީ އަކީ ފަސްހާސް އަކަފޫޓޫ ބޮޑު ފެސިލިޓީއެކެވެ. އެތަނުގައި ބުޅާތައް ކަރަންޓީނު ކުރާނެ ސަރަހައްދަކާއި ކްލިނިކަކާއި ލެބޯޓްރީއެއްގެ އިތުރުން ބުޅާތަކަށް ދޭން ޖެހޭ ބޭސްތައް ބަހައްޓާނެ ފާމަސީއަކާއި އެ ބުޅާތަށް އުޅޭނެ ރަނގަޅު ފެންވަރެއްގެ ސަރަހައްދެއް ވެސް ކައުންސިލުން ވަނީ ތަރައްޤީކޮށްފައެވެ. ނަމަވެސް ފަހުން އެތަން ވަނީ ސަރުކާރާއި ހަވާލުކޮށްފައި އެވެ. އަދި އެތަން ހިންގުމުގެ ޒިންމާ އަދާކުރަނީ ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside