
މާލެ ސަރަހައްދުގައި ތަރައްޤީކުރާ ޕިކްނިކް އައިލެންޑް މިއަހަރުގެ ތެރޭގައި ހުޅުވާނެ - ސަރުކާރު
# އެމްޓީސީސީ# ކުޑަގިރިbig_vGxcWJ1hULaVLzMOwzfQJsg3a
މާލެ ސަރަހައްދުގައި ޕިކްނިކް އައިލެންޑެއް ގޮތުގައި ތަރައްޤީކުރަމުން އަންނަ ކުޑަގިރި މިއަހަރު ހުޅުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުޑަގިރި މި އަހަރުގެ ތެރޭގައި ހުޅުވިގެންދާނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމްވެސް ގެންދަވަނީ ކުޑަގިރީގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަަމަށްވެސް މިއުވާން ވިދާޅުވިއެވެ.
މާލެ ކައިރިން ޕިކްނިކް ދާނެ ރަށެއްގެ ގޮތުގައި ހެދި ކ. ކުޑަގިރި ހުޅުވުން ލަސް ވަނީ އެ ރަށް މިހާރަށް ވުރެ ފެހި ކުރުމުގެ މަސައްކަތްތައް ކުރުމަށް ކަމަށް މީގެ ކުރިން ސަރުކާރުގެ އޮފިޝަލަކު ވަނީ " މިހާރު " ނޫހަށް މައުލޫމާތު ދެއްވާފައެވެ.
ކުރިން ޕިކްނިކް އައިލޭންޑް ހުޅުވަން މަސައްކަތްކުރީ މިއަހަރުގެ މިނިވަން ދުވަހަށެވެ. ނަމަވެސް ކ. ކުޑަގިރި އާންމުންނަށް ހުޅުވާލާނީ އަދި ތިން މަހެއްހާ ދުވަސް ފަހުން ކަމަށް ސަރުކާރުގެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
ކުޑަގިރު ތަރައްގީ ކުރަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. އެ ރަށުގެ ކަރަންޓް ނެކްވޯކްގެ ބައެއް މަސައްކަތްތައް ސްޓެލްކޯއިން ކުރި އިރު އެ ރަށުގެ ކަރަންޓް ހިދުމަތް ދެނީ ފެނަކައިންނެވެ.
ޕިކްނިކް އައިލެންޑް ހަދަނީ ކުޑަގިރީގެ ފަޅުން އަށް ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އެ ރަށް ތަރައްގީ ކުރަން 41 މިލިއަން ރުފިޔާ ހޭދަކުރަން ވަނީ ހަމަޖެހިފަ އެވެ.
ގުޅުންހުރި

75 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމާއި އަޕްގްރޭޑް ކުރުމަށް ފެނަކަ, އެމްޓީސީސީ އަދި އާރްޑީސީއަށް!

ކުޑަގިރި ފަޅަށް އެއާ މޯލްޑިވްސްގެ ދެ ޑޯނިޔާ ފައްތާލާ ދޫނިއާ ރެކް ވުޖޫދަށް!

11 ރަށެއްގައި އާ މިސްކިތްތަކެއް އިމާރާތް ކުރުމުގެ މަސައްކަތް ފެނަކައާއި އެމްޓީސީސީއަށް!
