logoEN
Sto top
އަލަށް އަޅާ 55 ކައުންސިލް އިދާރާގެ ސިވިލް ވާރކް މަސައްކަތްތައް ޙަވާލުކުރުމަށް ތައްޔާރުވަނީ

އަލަށް އަޅާ 55 ކައުންސިލް އިދާރާގެ ސިވިލް ވާރކް މަސައްކަތްތައް ޙަވާލުކުރުމަށް ތައްޔާރުވަނީ

އަހުމަދު ޝުރާއު

logo

3/17/2025, 4:34:40 PM

# ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާ

--

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން، މެލޭސިޔާގެ "ހެކްސްޓަރ ގްލޯބަލް"އާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ 55 ކައުންސިލް އިދާރާގެ ސިވިލް ވާރކް މަސައްކަތްތައް ޙަވާލުކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

Wamco

އެވުޒާރާގެ ޕްރޮޖެކްޓް ޑިޕާޓްމެންޓް ހިންގެވުމާ ޙަވާލުވެ ހުންނެވި ސްޓްޓް މިނިސްޓަރ އަޙްމަދު ރަޝީދު ވިދާޅުވީ ސިވިލް ވާރކް މަސައްކަތްތައް ކުރުމަށްޓަކައި ސްކޯޕް ކަނޑައަޅައި، އެ ކަމަށް ބޭނުންވާ ކުރެހުންތައް ތައްޔާރުކޮށް ބީއޯކިޔޫ ހެދުމުގެ މަސައްކަތް ކޮންޓްރެކްޓަރގެ ފަރާތުން މިހާރު އަންނަނީ ކުރަމުން ކަމަށެވެ.

ސްޓޭޓް މިނިސްޓަރ އަޙްމަދު ރަޝީދު ވިދާޅުވި ގޮތުގައި، މި އަހަރުގެ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއިކުރެވި، 13 އިދާރާއެއްގެ ބިންގާ މިހާތަނަށް އެޅިފައިވާ، މި ޕްރޮޖެކްޓްގެ ސިވިލް ވާރކް މަސައްކަތްތައް ކުރުމަށް ހަމަޖެހިފައި ވަނީ ކައުންސިލްތައް މެދުވެރިކޮށް އިޢުލާންކުރުމަށް ފަހުގައެވެ. އަދި ސިވިލް ވާރކް މަސައްކަތް ޙަވާލުކުރުމުގައި އެ ރަށެއްގެ ގްރޫޕްތަކަށް އިސްކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

3 އަހަރު ދުވަހުތެރޭ ނިންމާ ގޮތަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ މަސައްކަތް ނިމޭއިރު، އެ އިދާރާއަށް ބޭނުންވާ ފަރނީޗަރާއި، އެހެނިހެން ސާމާނު މި ޕްރޮޖެކްޓްގެތެރޭން ހަމަޖެހިގެން ދާނެކަމަށާއި އަދި މި އަހަރުތެރޭ 10 ކައުންސިލް އިދާރާއެއްގެ މަސައްކަތް، ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް އަޙްމަދު ރަޝީދު ވިދާޅުވިއެވެ.

ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތައް އަލަށް ޢިމާރާތްކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުދުފުޅުގެ ދަށުން އިސްކަން ދެއްވައިގެން ކުރަމުން އަންނަ މަސައްކަތެކެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside