logoEN
cocacola
ސްކޯޕިއަން ބަލިކޮށް  ބީޖީ ސްޕޯޓްސް ކުލަބު މުބާރާތް ނިންމާލީ މޮޅަކާއެކު

ސްކޯޕިއަން ބަލިކޮށް ބީޖީ ސްޕޯޓްސް ކުލަބު މުބާރާތް ނިންމާލީ މޮޅަކާއެކު

ހަސަން ޝަމްއޫން

logo

5/2/2024, 12:15:00 AM

# ދިވެހި ކުޅިވަރު # ފުޓްސަލް# ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖު 2024

ބީޖީ އާއި ސްކޯޕިއަން ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / މާއިޝް

އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2024 ގެ ގްރޫޕް ޑީގައި މިރޭ ކުޅެވުނު ހަތަރުވަނަ މެޗުގައި 11-3 ގެ ތަފާތުބޮޑު ނަތީޖާއަކުން ސްކޯޕިއަން ސިޓީ ބަލިކޮށް ބީޖީ ސްޕޯޓްސް ކުލަބުން މުބާރާތް ނިންމާލީ މޮޅަކާއެކު އެވެ.

ގޮސިޔާ

މުބާރާތުގައި ސްކޯޕިއަން ސިޓީގެ ފުރަތަމަ މެޗުގައި ދަ ގްރާންޑޭ އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ޒެނޮފީލިއާ ދެކޮޅަށް އެޓީމުން ކުޅުނު ދެވަނަ މެޗު ވެސް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. ނަމަވެސް އެޓީމުގެ ތިންވަނަ މެޗުގައި 7-4 ގެ ނަތީޖާއަކުން ގެލަކްޓިކޯސް އަތުން ސްކޯޕިއަން ސިޓީ ވަނީ ބަލިވެފައެވެ.

މުބާރާތުގައި ބީޖީ ސްޕޯޓްސް ކުލަބުން ކުޅުނު ފުރަތަމަ މެޗުގައި ގެލަކްޓިކޯސް އަތުން 7-3 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި ދަ ގްރާންޑޭއައި ވަދަކޮށް 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ. އަދި އެޓީމުގެ ތިންވަނަ މެޗުގައި ޒެނޮފީލިއާ އަތުން ބީޖީ ސްޕޯޓްސް ކުލަބު ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބީޖީ ސްޕޯޓްސް ކުލަބުން 5 ލަނޑު ކާމިޔާބުކުރި އިރު، ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު 6 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިހާފުގައި ސްކޯޕިއަން ސިޓީ އިން ވެސް ވަނީ ތިން ލަނޑު ކާމިޔާބުކޮށްދައެވެ. އެގޮތުން މިމެޗުގައި ސްކޯޕިއަން ސިޓީގެ ޝައްފާހް ހަސަން ދެލަނޑު ކާމިޔާބުކުރި އިރު އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ އާހިލް އަލީ އެވެ.

މީގެ އިތުރުން މިމެޗުގައި ބީޖީ ސްޕޯޓްސް ކުލަބުގެ އަހުމަދު ޒަމީމް ހަތަރު ލަނޑު ކާމިޔާބުކުރި އިރު، އެޓީމުގެ މުޒްދާން ހަސަން ވަނީ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ. އަދި އެޓީމުގެ އަލީ އަހްލާމް، އާލިފް އަލީ އަދި އަލީ ޝާޒް ހިލްމީ މިއިން ކޮންމެ ކުޅުންތެރިއެއް އެއްލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑަކީ ސްކޯޕިއަން ސިޓީގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ބީޖީގެ އަހުމަދު އަޒުމީމް އެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ހަތަރު މެޗުން ހަތަރު ޕޮއިންޓް ހަމަކޮށް ބީޖީ އިން މުބާރާތް ނިންމާލީ ގުރޫޕްގެ ހަތަރު ވަނައިގައި އޮވެއެވެ. އަދި މިމެޗުން ބަލިވި ސްކޯޕިއަން ސިޓީ އިން މުބާރާތް ނިންމާލީ ކުޅުނު 4 މެޗުން ލިބުނު 2 ޕޮއިންޓާއެކު ގުރޫޕްގެ ފުލުގައި އޮވެއެވެ.

ޓީއެންޓީ ގެ ފަރާތުން އިންތިޒާމުކޮށްގެން އެޕްރީލް މަހުގެ 25 އިން މެއި މަހުގެ 4 ގެ ނިޔަލަށް މާލޭ ސިޓީގައި ކުރިއަށް ގެންދާ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބޭއްވޭ 23 އަހަރުން ދަށުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 7،500 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ޕީކޭ ފުޓްސަލް ދަނޑުގައެވެ. އަދި މީގެ އިތުރުން މިމުބާރާތުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ޓީއެންޓީ ފޭސްބުކް ޕޭޖް އަދި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރ ގެ ގޮތުގައި އިލާލާ ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ