logoEN
cocacola
ދަ ގްރާންޑޭ އާއި އެއްވަރުވެ ގުރޫޕްގެ އެއްވަނަ  ގެލަކްޓިކޯސް އަށް

ދަ ގްރާންޑޭ އާއި އެއްވަރުވެ ގުރޫޕްގެ އެއްވަނަ ގެލަކްޓިކޯސް އަށް

ހަސަން ޝަމްއޫން

logo

5/2/2024, 12:00:00 AM

# ދިވެހި ކުޅިވަރު # ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖު 2024# ފުޓްސަލް

ގެލަކްޓިކޯސް އާއި ދަ ގްރާންޑޭ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / މާއިޝް

އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2024 ގެ ގްރޫޕް ޑީގައި މިރޭ ކުޅެވުނު ތިންވަނަ މެޗުގައި ދަ ގްރާންޑޭ އާއި ކުލަބު ގަލާޓިކޯސް ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ، ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ގަލާޓިކޯސް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ

ގޮސިޔާ

މުބާރާތުގައި ގެލަކްޓިކޯސް ކުޅުނު ފުރަތަމަ މެޗުގައި 7-3 ގެ ނަތީޖާއަކުން ބީޖީ ސްޕޯޓްސް ކުލަބު އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި ޒެނޮފީލިއާ ވާދަކޮށް 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ. އަދި އެޓީމުގެ ތިންވަނަ މެޗުގައި ސްކޯޕިއަން ސިޓީ އަތުން ގެލަކްޓިކޯސް މޮޅުވީ 7-4 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގައި ދަ ގްރާންޑޭ ކުޅުނު ފުރަތަމަ މެޗުގައި ޒެނޮފީލިއާ އަތުން 6-1 ގެ ނަތީޖާއަކުން އެޓީމު ބަލިވިއިރު، ދެވަނަ މެޗުގައި ސްކޯޕިއަން ސިޓީއާއި ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންމެވެ. އަދި އެޓީމުގެ ތިންވަނަ މެޗުގައި ބީޖީ ސްޕޯޓްސް ކުލަބާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގައި ވިޝާހް އަބްދުލް މަޖީދު އަދި މުހައްމަދު އަބާން އިމްރާން ކާމިޔާބުކުރި ލަނޑުތަކާއެކު ފުރަތަމަ ހަފުގެ ކުޅުން ނިމިގެން ދިޔައީ 2-0 ގެ ނަތީޖާއަކުން ގަލާޓިކޯސް ކުރީގައި އޮވެގެންނެވެ.

ނަމަވެސް ދެވަނަ ހާފުގައި ދަ ގްރާންޑޭ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 29 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖަނާހު އަބްދުއް ރަހުމާން އެވެ. އަދި އެޓީމުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އެޓީމަށް ކާމިޔާބުކޮށްދިނީ އަނަސް އަދުނާން އެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ދަ ގްރާންޑޭގެ ޖަނާހު އަބްދުއް ރަހުމަން އެވެ.

މިނަތީޖާއާއެކު ކުޅުނު ހަތަރު މެޗުން ގެލަކްޓިކޯސް އަށް 8 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ލިބުނީ ލަނޑުގެ ތަފާތުންނެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ހަތަރު މެޗުން ދަ ގްރާންޑޭ އަށް 3 ޕޮއިންޓް ލިބުނު އިރު އެޓީމުން މުބާރާތް ނިންމާލީ ގުރޫޕްގެ ހަތަރުވަނައިގައެވެ.

ޓީއެންޓީ ގެ ފަރާތުން އިންތިޒާމުކޮށްގެން އެޕްރީލް މަހުގެ 25 އިން މެއި މަހުގެ 4 ގެ ނިޔަލަށް މާލޭ ސިޓީގައި ކުރިއަށް ގެންދާ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބޭއްވޭ 23 އަހަރުން ދަށުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 7،500 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ޕީކޭ ފުޓްސަލް ދަނޑުގައެވެ. އަދި މީގެ އިތުރުން މިމުބާރާތުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ޓީއެންޓީ ފޭސްބުކް ޕޭޖް އަދި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރ ގެ ގޮތުގައި އިލާލާ ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ