logoEN
cocacola
ހުމައިދުގެ ހެޓްރިކާއެކު އެމްޕޯރިއަމް ބަލިކޮށް ދަނބިދޫ އިން މުބާރާތް ނިންމާލީ މޮޅަކާއެކު

ހުމައިދުގެ ހެޓްރިކާއެކު އެމްޕޯރިއަމް ބަލިކޮށް ދަނބިދޫ އިން މުބާރާތް ނިންމާލީ މޮޅަކާއެކު

ހަސަން ޝަމްއޫން

logo

5/1/2024, 12:59:28 PM

# ދިވެހި ކުޅިވަރު # ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖު 2024# ފުޓްސަލް

އެމްޕޯރިއަމް އާއި ދަނބިދޫ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / މާނިޝް

އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2024 ގެ ގްރޫޕް ސީގައި މިރޭ ކުޅެވުނު ދެވަނަ މެޗުގައި ފަސޭހަކަމާއެކު 6-0 ގެ ނަތީޖާއަކުން އެމްޕޯރިއަމް ބަލިކޮށް ދަނބިދޫ އިން މުބާރާތް ނިންމާލީ މޮޅަކާއެކުއެވެ.

ގޮސިޔާ

މުބާރާތުގައި އެމްޕޯރިއަމް ކުޅުނު ފުރަތަމަ މެޗުގައި ޔޫއެން ފްރެންޑްސް އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ގޯޓް އެފްސީ އާއި ދެކޮޅަށް ކުޅުނު ދެވަނަ މެޗު ވެސް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ. އަދި އެޓީމުގެ ތިންވަނަ މެޗުގައި ވެލާ އެސްސީ އަތުން އެޓީމު ވަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

ދަނބިދޫ އިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ވެލާ އެސްސީ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވިއިރު، ދެވަނަ މެޗުގައި ޔޫއެން ފްރެންޑްސް އަތުން އެޓީމު ވަނީ 3-1 ގެ ނަތީޖައަކުން ބަލިވެފައެވެ. އަދި އެޓީމުގެ ތިނަވަނަ މެޗުގައި ގޯޓް އެފްސީ އަތުން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދަނބިދޫ އިން ތިންލަނޑު ކާމިޔާބުކުރިއިރު، ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ތިންލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިމެޗުގައި ދަނބިދޫގެ ހުމައިދު ހަސަން ތިންލަނޑު ކާމިޔާބުކޮށް ހެޓްރިކު ހެދިއިރު، އެޓީމުގެ ސަމާހް ހަސަން ، އަހްނަފު މުހައްމަދު ތަސްނީމް އަދި މޫސާ ސަމާހް މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ދަނބިދޫގެ ހުމެއިދު ހަސަން އެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު މުބަރާތުގައި ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އެޓީމުން މުބާރާތް ނިންމާލީ ގުރޫޕްގެ ހަތަރުވަނައި އޮވެއެވެ. އަދި މިމެޗުން ބަލިވި އެންޕޯރިއަމް އިން މުބާރާތުގައި ކުޅުނު ހަތަރު މެޗުން ލިބުނު 2 ޕޮއިންޓާއެކު އެޓީމުން މުބާރާތް ނިންމާލީ ގުރޫޕްގެ ފުލުގައި އޮވެއެވެ.

ޓީއެންޓީ ގެ ފަރާތުން އިންތިޒާމުކޮށްގެން އެޕްރީލް މަހުގެ 25 އިން މެއި މަހުގެ 4 ގެ ނިޔަލަށް މާލޭ ސިޓީގައި ކުރިއަށް ގެންދާ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބޭއްވޭ 23 އަހަރުން ދަށުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 7،500 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ޕީކޭ ފުޓްސަލް ދަނޑުގައެވެ. އަދި މީގެ އިތުރުން މިމުބާރާތުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ޓީއެންޓީ ފޭސްބުކް ޕޭޖް އަދި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރ ގެ ގޮތުގައި އިލާލާ ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ