logoEN
cocacola
ރޮނާލްޑޯގެ ކެރިއަރުގައި ކާމިޔާބުކުރި 879 ވަނަ ލަނޑާއެކު އަލް ނަސްރުން ފަރަގު ކުޑަކޮށްފި

ރޮނާލްޑޯގެ ކެރިއަރުގައި ކާމިޔާބުކުރި 879 ވަނަ ލަނޑާއެކު އަލް ނަސްރުން ފަރަގު ކުޑަކޮށްފި

ހަސަން ޝަމްއޫން

logo

3/15/2024, 10:26:55 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# އަލް އަހްލީ # ކްރިސްޓިއާނޯ ރޮނާލްޑޯ# ސައުދީ ޕްރޮފެޝަނަލް ލީގު# އަލް ނަސްރު

ރޮނާލްޑޯ އަލް އަހްލީ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

ސައުދީ ޕްރޮފެޝަނަލް ލީގުގައި ހުކުރުދުވަހުގެ ރޭ ރަށުން ބޭރުގައި އަލް އަހްލީ އާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލް ނަސްރުން އެއްވަނާގައި އޮތް އަލް ހިލާލް އާއި ދެމެދުގައިވާ ފަރަގު ކުޑަކޮށްފި އެވެ.

ގޮސިޔާ

މިދެޓީމު އަލް ނަސްރުގެ ދަނޑުގައި ކުޅުނު މެޗު 4-3 ގެ ނަތީޖާއަކުން އެޓީމު ކާމިޔާބުކޮށްފައިވާއިރު، މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ޑޮމިނޭޓުކުރީ އަލް ނަސްރުން ނެވެ.

މިހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑުހާނެ މާރަނގަޅު ހުސް ފުރުސަތެއް ތަނަވަސްކުރެވިފައި ނުވި ނަމަވެސް ފުރަތަަމަ ހާފުގެ 43 ވަނަ މިނެޓުގައި އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި އަލް އަހްލީގެ ބްރެޒިލް ފޯވާޑް ރޮބާޓޯ ފަރްމީނި ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

އަލް ނަސްރުން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 68 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ މިސީޒަނުގައި ސައުދީ ލީގުގައި ކުޅުނު 22 މެޗުގައި އޭނާ ކާމިޔާބުކުރި 23 ވަނަ ލަނޑެވެ. މީގެ އިތުރުން މިއީ ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 879 ވަނަ ލަނޑެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 24 މެޗުން އަލް ނަސްރަށް 56 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އަލް އަހްލީ އިން ލީގުގައި ކުޅުނު 24 މެޗުން ލިބުނު 47 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ތިންވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ