
3c8efa9cb017eaac
1967 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ގްރީން އީގަލްސްގެ ނަމުން މަޝްހޫރު ނައިޖީރިއާގެ ގައުމީ ޓީމާ ދެކޮޅަށް ކުޅުނު މެޗަށް ސަންޓޯސް ނައިޖީރިއާއަށް އައުމުގެ ކުރިން، ނައިޖީރިއާގެ ހަނގުރާމަވެރި ދެ ފެކްޝަނުން އެއްބަސްވީ 48 ގަޑިއިރުގެ ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި މެޗުގައި ބައިވެރިވި ކުޅުންތެރިންނާއި ކުޅިބެލުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ލާގޯސް ސިޓީ ސްޓޭޑިއަމްގެ ވަށައިގެން ސަފު ހަދައިގެން ތިބި ދެ ފަރާތުގެ އަސްކަރީ އޮފިސަރުން ހަތިޔާރާއެކު ޒާތީ ގޮތުން ނުވަތަ ސިޔާސީ ގޮތުން ވަކި ބަޔަކަށް ބެލުމެއް ނެތި އެއްވެ ތިބި އެންމެން ހިމާޔަތް ކުރުމަށް އެއްބަސްވިއެވެ.
ނައިޖީރިއާގެ ޤައުމީ ޓީމާއި ސަންޓޯސް ވާދަކުރި މެޗު 2-1 ން ކާމިޔާބުކުރީ ސަންޓޯސް އެވެ. އަދި މި މެޗުގައި އެޓީމުން ކާމިޔާބު ކުރި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ޕެލޭ އެވެ. މެޗަށްފަހު ޕެލޭ އެބުރި ދިޔަތާ ދެ ތިން ދުވަސްތެރޭ ހަގުރާމަ އަލުންފެށުނެވެ.
1967 ވަނަ އަހަރު ނައިޖީރިއާގެ ފެޑެރަލް ސަރުކާރާއި އެގައުމުގެ ދެކުނުއިރުމަތީ އައްސޭރިފަށުގައި އޮންނަ ރިޕަބްލިކް އޮފް ބިއާފްރާ ސްޓޭޓާއި ދެމެދު އަނިޔާވެރި ދާހިލީ ހަނގުރާމައެއް ފެށުނެވެ. ބިއަފްރާގެ އިގްބޯ ރައްޔިތުންނަށް އޭރުގައި ގަބޫލު ކުރެވުނީ އުތުރުގެ އަޣުލަބިއްޔަތު އޮންނަ ފެޑެރަލް ސަރުކާރުން އެމީހުންގެ އުންމީދުތައް ތަމްސީލު ނުކުރާ ކަމަށާއި އެހެންކަމުން ވަކި ދައުލަތެއް ގާއިމުކުރުމަށް ސަރުކާރާދެކޮޅަށް ހަގުރާމަ ކުރުމަކީ އެންމެ ރަގަޅު ގޮތް ކަމުގައެވެ.
އޭގެ ފަހުން ނައިޖީރިއާގެ އެކި ކަންކޮޅުތަކުގައި ނަސްލީ ގޮތުންނާއި ސަގާފީ ގޮތުން ތިން އަހަރު ވަންދެން ވަރުގަދަ ހަމަނުޖެހުންތަކެއް ކުރިއަށް ދިޔައެވެ. ތަފާތު 300 އަށްވުރެ ގިނަ ނަސްލާއި ޘަޤާފީ ޖަމާޢަތްތަކުގެ މައްޗަށް އެކުލެވިގެންވާ 60 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ޤައުމެއްގައި ސުލަހަ ގާއިމުކުރުމަށް ނައިޖީރިއާގެ ސަރުކާރު އޮތީ ނުކުޅެދިފައެވެ. ނަމަވެސް އެވަގުތު ދުނިޔޭ ފުޓްބޯޅައިގެ އިންމެ ވިދުން ގަދަ ތަރި ޕެލޭގެ ކުޅުން ދެކިލުމަށް 48 ގަޑި އިރު ވަންދެން ހުރިހާ ހަމަނުޖެހުމެއް ހުއްޓާލުމަށް ސަރުކާރާއެކު ހަމަނުޖެހުން ހިންގަމުން ދިޔަ ހުރިހާ ފަރާތްތަކުން އެއްބަސްވިއެވެ.



-1786972426717.jpeg?w=3840&q=75)




-1786972426717.jpeg?w=3840&q=75)







