
--
ހޮލީވުޑްގެ މަޝްހޫރު ޒުވާން ބަތަލާ ޖެނާ އޮޓޭގާ ދާދި ފަހުން އާންމު ތަނަކުން ފެނުނުއިރު އޭނާގެ ހަށިގަނޑާއި ސިފަޔަށް އައިސްފައިވާ ބަދަލުތަކަކާ ގުޅިގެން، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ނެޓްފްލިކްސްގެ މަޝްހޫރު ވެބް ސީރީޒް "ވެންސްޑޭ" އިން މުޅި ދުނިޔޭގެ ސަމާލުކަމާއި ބޮޑު މަގުބޫލުކަމެއް ހޯދި ޖެނާގެ ފަހުގެ ފޮޓޯތަކާއި ވީޑިއޯތައް އާންމުވުމާއެކު، އޭނާ އާދަޔާޚިލާފަށް ހިކިފައިވާކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
އޮންލައިން ޕްލެޓްފޯމްތަކުގައި ފޭނުން އަންނަނީ "ހޮލީވުޑަށް މިވަނީ ކީއްހެއްޔެވެ؟" މިފަދައިން ސުވާލުކޮށް، މިއީ ކަންބޮޑުވާންޖެހޭ ފަދަ ކަމެއްކަމަށް ބުނަމުންނެވެ.
ފަހަކަށް އައިސް ހޮލީވުޑްގެ ތަރިންގެ މެދުގައި ހަށިގަނޑު މާބޮޑަށް ހިއްކާލުމުގެ ޓްރެންޑެއް (ޚާއްޞަކޮށް ބަރުދަން ލުއިކުރާ ބޭސްތައް ބޭނުންކޮށްގެން) ފެތުރެމުންދާތީ، މިއީ އޭގެ އަސަރުކަމަށް ބައެއް މީހުން ލަފާކުރެއެވެ. ނަމަވެސް އަނެއްބަޔަކު ދިފާޢުގައި ބުނަނީ، މިއީ އޭނާ ކުޅެން ތައްޔާރުވަމުން އަންނަ އައު ފިލްމެއްގެ ރޯލަކަށް ގެނައި ބަދަލެއް ކަމަށް ވެދާނެ ކަމަށާއި، މީހުންގެ ހަށިގަނޑަށް ފާޑުކިޔުން (ބޮޑީ ޝޭމިންގ) ހުއްޓާލަން ޖެހޭ ކަމަށެވެ.
މިކަމާ ގުޅިގެން ޖެނާ ނުވަތަ އޭނާގެ ޓީމުން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އޮންލައިން ޕްލެޓްފޯމްތަކުގައި އޭނާގެ ސިއްހަތާމެދު ކުރެވޭ ބަހުސް ދަނީ ހޫނުވަމުންނެވެ. ފޭނުންގެ އެންމެ ބޮޑު އުންމީދަކީ އެމީހުންގެ ލޯބިވާ ތަރީގެ ސިއްހަތު ސަލާމަތުން ހުރުމެވެ.
.jpeg?w=3840&q=75)



-1786972426717.jpeg?w=3840&q=75)
.jpeg?w=3840&q=75)



-1786972426717.jpeg?w=3840&q=75)


