
FizVShiUUAAqxCS
ގއ، ކޮލަމާފުށި މަގުހެދުމުގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ފަށައިފި އެވެ.
އާރުޑީސީން ބުނީ ކޮލަމާފުށީ މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ކޭބަލް ޖަންކްޝަން އަދި ހޮޅިއެޅުމުގެ މަސައްކަތް ކަމަށެވެ. އަދި ކޮލަމާފުށި ސައިޓްގައި ކޭބަލް ޖަންކްޝަން ކާސްޓު ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އާރުޑީސީން ބުނެއެވެ.
މި މަޝްރޫއުގެ ދަށުން 8 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުތަކުގައި މަގުބައްތި ޖެހުން ކުރިއަށް ގެންދާނެއެވެ.
ޕްލޭނިންގ މިނިސްޓްރީން އާރުޑީސީއާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 85 މިލިއަން ރުފިއާ އަށެވެ.
%20(1).jpeg?w=3840&q=75)




%20(1).jpeg?w=3840&q=75)





.jpeg?w=3840&q=75)
