
FzOE3kMaIAIn8se
ގއ. ގެމަނަފުށީ މަގުތަކުގައި ތާރުއަޅައި ޒަމާނީފެންވަރަށް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހާވާލުކޮށްފި އެވެ.
ޕްލޭނިންގ މިނިސްޓްރީގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު އެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ހުސެއިން ނަދީމް އެވެ.
މި މަޝްރޫއުގެ ދަށުން ގެމަނަފުށީގެ 2.8 ކިލޯމީޓަރު މަގުތަކުގައި ތާރުއެޅުމާއި، މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމްކުރުމާއި މަގުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
އާރުޑީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 76.1 މިލިއަން ރުފިޔާއަށް 540 ދުވަހުން ނިންމުމަށެވެ.










%20(1).jpeg?w=3840&q=75)

