
image_7ad5ac53bf
ސްރީލަންކާގެ ދެކުނުގެ އަވަށެއްކަމަށްވާ ހަންގާމާގެ ދުޓުގޭމުނު މަހާ ވިދްޔަލާ ސްކޫލްގައި ކިޔަވަމުން އައި އަންހެން ދަރިވަރަކަށް އަނިޔާކުރި މައްސަލާގައި އެސުކޫލު ޓީޗަރަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި އަނިޔާކޮށްފައިވަނީ ދުޓުގޭމުނު މަހާ ވިދްޔަލާ ސްކޫލްގެ ގްރޭޑް 5 ގައި ކިޔަވަމުން އައި އުމުރުން 10 އަހަރުގެ އަންހެން ދަރިވަރަކަށެވެ.
އެކުއްޖާގެ މަންމަ ލަންކާގެ ފުލުހަށް ހުށަހެޅި މައްސަލައާގުޅިގެން ހައްޔަރުކޮށްފައިވަނީ އެސްކޫލުގައި ކިޔަވައިދޭ އުމުރުން 49 އަހަރުގެ ޓީޗަރެކެވެ.
ހުކުރު ދުވަހު ހިނގި މިހާދިސާގައި އެކުއްޖާގެ ބޮލަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ސްރީލަންކާގެ ފުލުހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އެ ޓީޗަރު ހައްޔަރުކޮށް އަންގުނުކޮލަޕެލެސާ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން ނޮވެމްބަރު 14ވަނަ ދުވަހާ ހަމައަށް ހައްޔަރުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.












