
.jpeg?w=3840&q=75)




.jpg?w=3840&q=75)


މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) މުވައްޒަފުންނަށް ބޯނަސް ޖަމާކޮށްދީފިއެވެ.
މި ބޯނަސް ޖަމާކޮށްދީފައިވާކަން 'ގާފު' އޮންލައިން އަށް ކަށަވަރުވިނަމަވެސް ޖަމާވީ ކިހާވަރެއްކަން ސާފުވާގޮތެއް އަދިނުވެއެވެ.
އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސް ލަސްވަމުންދާތީ، ބައެއް ފަރާތްތަކުން ޚާއްސަކޮށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ދިޔައީ 'އެއީ ލިބޭނެ ބޯނަހެއް ނޫން' ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. އަދި އެމްއޭސީއެލް މުވައްޒަފުންގެ ޑްރިލްއަކީ ވެސް ބޯނަސް ނުދިނުމުން ކުރި އިހުތިޖާޖެއްކަމަށް ބުނެ ދިޔައީ އޮޅުވާލުންތަކެއްގެ ތެރެއަށް ރައްޔިތުން ވައްދަމުންނެވެ.
އެެހެންނަމަވެސް އެ ކުންފުނީގެ މުވައްޒަފުންނަށް ހައްގުވާ އެއްވެސް އެއްޗެއް ނުދީ ނުބާއްވާނެކަން އެމްއޭސީއެލް އާއި ސަރުކާރުން މިވަނީ ހާމަކޮށްދީފައެވެ.

.jpeg?w=3840&q=75)


