
Ff7y-VHaAAA2gXy
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އަށް ކާމިޔާބުކުރެވިއްޖެނަމަ، ރާއްޖެއިން ބައެއް ނުގެއްލޭގޮތަށް ޗާގޯސް މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީގެ އާ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމު ވިދާޅުވީ މިދުވަސްވަރަކީ ގައުމުގެ ހާލަތާމެދު ހިތާމަކުރަން ޖެހިފައިވާ ދުވަސްވަރެއް ކަމަށެވެ. ތަންތަން ވިއްކާ ވާހަކަ އާއި ތަންތަން ނަހަމަ ގޮތުގައި އެކި މީހުންނަށް ދޭ ވާހަކަ އިވެމުންދާ ކަމުގައި ވިދާޅުވި އެވެ.
"މި ޕާޓީގެ ސްޓޭންޑް ވަރަށް ސާފު. ދިވެހިރާއްޖޭގެ އެއްގަމު، ކަނޑު، ވައި އެންމެ ތަންކޮޅެއްވެސް އަޅުގަނޑުމެން ދޫނުކުރާނަން." ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެމްއެންޕީ އަކީ އެ ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރާނެ ޕާޓީއެއް ކަމަށާއި ޕާޓީ އުފެއްދީ ރައްޔިތުންގެ ހިދުމަތުގައި ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ކަމަށެވެ.
ނާޒިމް ވިދާޅުވީ 2019 ވަނަ އަހަރު މި ސަރުކާރުން ޗާގޯސް މައްސަލައިގައި އިނގިރޭސިވިލާތާ އެއްކޮޅަށް ވޯޓު ދިނުމުން ޕީޕީއެމުން ފާޑު ކިޔާފައިވާ ކަމަށެވެ. މިހާރު މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމުމުން ވެސް ޕީޕީއެމުން ފާޑު ކިޔަމުންދާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
މި ސަރުކާރަށް ވެސް ޗާގޯސް މައްސަލަ ހައްލު ނުކުރެވޭ ކަމަށް ވިދާޅުވެ ނާޒިމް ވަނީ އެކަން ކުރާނީ އެމްއެންޕީން ކަން އިއުލާނުކުރައްވާފައެވެ.
.jpg?w=3840&q=75)



.jpg?w=3840&q=75)





