.jpg?w=3840&q=75)







leesh-2-1-1536x1229
"ޔޫތު އެންޑް މެންޓަލް ހެލްތް" ގެ ނަމުގައި ކުރިޔަށް ގެންދިޔަ މިސެޝަން ނަންގަވައިދެއްވީ މެންޓަލް ހެލްތް އެޑްވޮކެސީ ދާއިރާގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ފަރާތެއް ކަމަށްވާ ހައްވާ ލީޝާއެވެ. ކައުންސެލިންގ ގެ ދާއިރާއިން މާސްޓާރސް ޑިގްރީ ހާސިލްކުރައްވާފައިވާ ލީޝާވަނި ދާދިފަހުން "އޯނިންގ މައި ތޯޓްސް" ގެ ނަމުގައި ފޮތެއް ވެސް ނެރެފަ އެވެ.
މިއަދު ހަވީރު ކުރިޔަށް ގެންދިޔަ ސެޝަންގައި މިސެޝަންގައި ޕާޓީގެ ލީޑަރޝިޕްގެ އިތުރުން އެމްއެންޕީގެ ޒުވާނުންގެ ވިންގގެ މެންބަރުންނާއި ގިނަ އަދަދެއްގެ ޒުވާނުންވަނީ ބައިވެރިވެފައެވެ. މިސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލީ ޒުވާނުން ނަފްސާނީ ދުޅަހެޔޮކަމުގެ ތެރެއިން ސްޓްރެސް މެނޭޖްކުރާނެ ގޮތްތަކާއި، ދިރިއުޅުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމާއި، މިފަދަ މައުޟޫޢުތަކުގެ މައްޗަށެވެ.
އޭގެ އިތުރުން މިސެޝަންގައި ވަނީ ޒުވާނުން ނަފްސާނީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ދެމިތިބުމަށް އޮތް ހުރަސްތަކާ ބެހޭގޮތުން މަޝްވަރާ ކޮށް، މި ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތްތަކަކީ ކޮބައިކަން ދެނެގަނެފައެވެ.
މިސެޝަން ނިންމާލުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ޕާޓީގެ ރައީސް ނާޒިމް ވަނީ ސެޝަން ނަންގަވައިދެއްވި ހައްވާ ލީޝާއަށް ޝުކުރު އަދާކުރައްވާފައެވެ. އޭގެ އިތުރުން ޒުވާނުންނަށް ހިތްވަރު ދެއްވާ، ޒުވާނުންގެ ކަންބޮޑުވުންތައް މަޖިލީހުގެ ތަޅުމަށް ގެނެސް، ޒުވާނުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ގޮވާލާ އަޑު އުފުލައި ދެއްވާނެ ކަމުގެ ޔަގީންކަން ސެޝަންގެ ބައިވެރިންނަށް ދެއްވާފައެވެ. އަދި އަވަސް ފުރުސަތެއްގައި އެކަންކަމަށް ގޮވާލާ މަޖިލީހަށް ޤަރާރެއް ހުށަހަޅުއްވާނެކަމަށްވެސް ޕާޓީގެ ރައީސް ނާޒިމްވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގައި ހަރަކާތްތެރިވާ ޕާޓީތަކުގެ ތެރެއިން، އެންއެންޕީއަކީ ނަފްސާނީ ދުޅަހެޔޮ ކަމާބެހޭ ގޮތުން މިހާ ފާޅުގައި މަސައްކަތްކުރާ ހަމައެކަނި ޕާޓީއެވެ.
.jpg?w=3840&q=75)


