
B5624C42-53F3-4F0B-80BF-601F1845C581
މާލޭ ސިޓީ ކައުންސިލުން މާލޭގައި ގަސް ވިއްކާ ފިހާރައެއް ހުޅުވައިފައިވާ މައްސަލަ ބަލުމަށްފަހު، ހުއްދަނެތި ވިޔަފާރި ކުރިކަމަށް ނިންމާ ޖުރިމަނާ ކޮށްފިއެވެ.
މިކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީއިން މާލެ ސިޓީ ކައުންސިލް ޖޫރިމަނާކޮށްފައިވަނީ 10،000 ރުފިޔާއިނެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ ގާނޫނާ ގަވައިދުގެ ތެރެއިން ރެޖިސްޓްރީ ނުކޮށް ކައުންސިލުތަކަށް ވިޔަފާރިއެއް ނުކުރެވޭނެ ކަމަށެވެ. އދި ކައިންސިލް ތަކުން ވިޔަފާއި ކުރާނަމަ ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދަން ޖެހޭނެކަމަށެވެ.
ނަމަވެސް މާލެެ ސިޓީ ކައުންސިލް އިން، "މާލެ ފެހި" ގެ ނަމުގައި ގަހާއި ގަސްކާނާ ވިއްކާ ފިހާރަ އެއް މިމަހުގެ 8 ވަނަ ދުވަހުގެ ރޭ ހުޅުވީ ކުންފުނި އުފެއްދުމެއްނެތި ގަވާއިދާއި ހިލާފަށްކަމަށެވެ.
މި ފިހާރަ ހުޅުވަމުން މުއިއްޒު ބުނެފައި ވަނީ ސިޓީ ކައުންސިލަކީ ގަސް އިންދާ ފެހިކުރާ ބައެއް ކަމަށާއި، ގަސް ކަނޑާ، ގަސްތަކާއި ދުރު ބައެއް ނޫން ކަމަށެވެ. އަދި މާލެ ސިޓީއަކީ ގްރީން ސިޓީއަކަށް ހެދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.












