.jpg?w=2048&q=75)
big_cB7AGV0I5bOt4MqMyyCJJAVqA
މާލޭގެ މަގުމަތީގެ ކަންކަން ބެލެހެއްޓުމަށް މަގުފާރަވެރިން އުފައްދާ އެކަމަށް މުވައްޒަފުން ނަގަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލެ ސިޓީގެ މަގުތައް ބެލެހެއްޓުމަށް މަގު ފާރަވެރިން ނެގުމަށް ނިންމާފައި ވަނީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 84 ވަނަ ޖަލްސާގައެވެ.
މާލެ ސިޓީގެ މަގުތައް ބެލެހެއްޓުމަށް މަގު ފާރަވެރިން ނެގުމަށް ހަމަޖެއްސީ މާލޭގެ މަގުތަކުގެ އެކިއެކި ކަންކަން ބެލެހެއްޓުމަށް ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެގޮތުން މަގު ފާރަވެރިން މަސްއޫލިއްޔަތުގެ ތެރޭގައި މަގުމަތީގައި ދުއްވާ އުޅަނދުފަހަރު ދުއްވަނީ ގަވާއިދާ އެއްގޮތަށްތޯ ބަލައި މަގުމަތީގައި ޕާކުކޮށްފައިވާ އުޅަނދުތައް ޕާކު ކޮށްފައިވަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމާއި މަގުމައްޗާއި ޕޭވްމެންޓްގައި ބަހައްޓާފައިވާ ތަކެތި ހުންނަނީ އާންމުންނަށް އުނދަގޫވާގޮތަށްތޯ ބެލުމާއި ރިޕޯޓް ކުރުން ފަދަ ކަންކަނަ ހިމެނެއެވެ.
މިކަމާއި ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ މިކަމުގެ ސަބަބުން މާލޭގެ މަގުތައް ފުރިހަމަ ގޮތެއްގައި ބެލެހެއްޓުމަށް މަގުފަހި ވެގެންދާނެ ކަމަށާއި މި މަގު ފާރަވެރިން ޕޮލިސް ކޮންސްޓަބިއުލަރީގެ ބޭފުޅުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ކުރިން މަގުމަތީގެ ކަންކަން ރަނގަޅު ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.












