
FfSbOZ5aAAIHaZj
ހއ ދިއްދޫގައި ބިން ހިއްކައި އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޔާމީންް މިހެން ވިދާޅުވީ، ހއ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ޔާމީން ވިދާޅުވީ، ދިއްދޫ އަށް ކޮށްދޭންޖެހޭ އެއްވެސް ކަމެއް މި ސަރުކާރަށް ކޮށްދެވިފައި ނެތް ކަމަށާއި ދިއްދޫގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި އެމްޑީޕީ އަށް ދިނީ އުއްމީދުތަކާއެކު ކަމަށެވެ.
އެ އުއްމީދު ނުފުދުމުން ރައްޔިތުން އަނެއްކާވެސް ކަންތައްތައް ކޮށްދޭން އެމަނިކުފާނުގެ ގާތުގައި ދަންނަވަމުންދާ ކަމަށާއި ޕީޕީއެމަށް ވެރިކަން ލިބިއްޖެނަމަ ދިއްދޫ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
ދިއްދޫގައި އެއާޕޯޓެއް އެޅި ނަަމަވެސް ދިވެހިން ފަހުރުވެރިވާ ފަދަ ކުންފުންޏަކަށް އައިލޭންޑް އޭވިއޭޝަން ފުރަތަމަ އަލުން ހަދަންޖެހޭ ކަމަށްވެސް ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވިއެވެ. އަދި ޕީޕީއެމަށް ދެން ވެރިކަން ލިބިއްޖެނަމަ ސަރުކާރުގެ ފުރަތަމަ ދުވަހު ވެސް ފަށާނީ ތަންފީޒީ އެޖެންޑާއަކުން ކަމަށާއި ކަންކަން ދިރާސާކުރަން ވަގުތު ނަގާލަން ބޭނުން ނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.















.jpg?w=3840&q=75)
.jpg?w=3840&q=75)