
258158_0d1acccc-7_
ރާއްޖޭގެ ދަނޑުވެރިކަމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް 9 ފަރާތަކަށް ހަނދާނީ ފިލާ ދީފިއެވެ.
އެފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ދަނޑުވެރިކަމުގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމަށް ރޭ ކ. ކާށިދޫ ގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
ދަނޑުވެރިކަމަށް ކޮށްދީފައިވާ ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ ދީފައިވާ ފަރާތްތަކަކީ:
އެމްއައި ކޮލެޖް (އަމިއްލަ އިސްނެގުމަށް ރާއްޖޭގައި ސްކޫލް އޮފް އެގްރިކާލްޗާގެ ނަމުގައި ސުކޫލެއް އުފައްދާ ދަނޑުވެރިކަމުގެ ކޯސްތައް ހިންގާތީ)
ސޭންޑީ ކްރިސްޓަލް ޕްރައިވެޓް ލިމިޑެޓް (ދަނޑުވެރިކަމަށް އިންވެސްޓްކޮށް ކުރިއަރުވަން ކުރާ މަސައްކަތަށް)
ފަރި މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓް (ރާއްޖޭގެ ޕޯލްޓަރީ ފާމިން ކުންފުންޏަށްވާތީ)
ޕްރައިމް ފާޓީލައިޒާ ޕްރައިވެޓް ލިމިޑެޓް (ދަނޑުވެރިކަމުގެ އުފެއްދުންތައް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުންދާތީ)
އަލިވިދާ ޕްރައިވެޓް ލިމިޑެޓް (ދަނޑުވެރިކަމުގެ އުފެއްދުންތައް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުންދާތީ)
އިބްރާހިމް ރަޝީދު، އަރާއިރު، ސ. ހިތަދޫ (ދަނޑުވެރިކަމަށް ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައިވާތީ)
ޑރ. އައިމިނަތު ޝާފިޔާ، މ. ޕާކްލޭން (ރާއްޖޭން ދަނޑުވެރިކަމުގެ ދާއިރާއިން ފުރަތަމަ ޕީއެޗްޑީ ހާސިލް ކުރެއްވި ފަރާތަށް ވުމުން)
އަބްދުލްއަޒީޒް އަބްދުލްހަކީމް، މ. ފެހިގިރި (ދަނޑުވެރިކަމަށް ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައިވާތީ)
މުހައްމަދު ޒުހެއިރު، މ. ނަގްމާ ދަނޑުވެރިކަމަށް ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައިވާތީ)
މިފަރާތްތަކުގެ އިތުރުން ރޭގެ ޖަލްސާގައިވަނީ އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާއި އެކު އެންމެ ރަނގަޅަށް މަސައްކަތް ކުރާ 3 ފަރާތްތަކަށް އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލައާއި ފައިސާގެ އިނާމު ދީފައެވެ.
އެ ތިން ފަރާތަކީ:
ތޯރިގް އަލީ، ވައިލެޓް މާގެ، ފުވައްމުލައް
ސާދާ ސޯލިހު، ކޮރަލް ރޯސް، ގދ. ފިޔޯރީ
އަބްދުﷲ ޖަލީލް. މޯނިން ހައުސް، ލ. އިސްދޫ އެވެ.












