
ޔޫއެންއެފްޕީއޭ (ޔޫއެން ފަންޑް ފޯރ ޕޮޕިއުލޭޝަން) މޯލްޑިވްސްއިން އިސްނަގައިގެން، ރާއްޖޭގެ އާބާދީގެ މުސްތަގުބަލާއި ބަދަލުވަމުންދާ ޑެމޮގްރަފީގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޚާއްޞަ ޑިޖިޓަލް އާޓް އެގްޒިބިޝަން "ޕަލްސް: އާބާދީގެ ވިންދު 2045" ފަށައިފި އެވެ.
އާންމުންނަށް ހިލޭ ވަދެވޭ ގޮތަށް ހުޅުވާލާފައިވާ މި މައުރަޒަކީ އާބާދީގެ ކޮމްޕްލެކްސް ތަފާސްހިސާބުތައް ޝައުގުވެރި ޑިޖިޓަލް އާޓްގެ ގޮތަށް ސިފަކޮށްދީ، ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކުގެ ފަހަތުގައިވާ އިންސާނީ ވާހަކަތައް ކިޔައިދޭ ޚާއްސަ މައުރަޒެކެވެ.
މި މައުރަޒަކީ ޔޫއެންއެފްޕީއޭއިން މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަދި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއާއި ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
ރާއްޖޭގެ އާބާދީގެ ހަލުވި ބަދަލުތައް އަށް ޑޭޓާ-ޑްރިވެން އިންސްޓޮލޭޝަންތައް މެދުވެރިކޮށް މި މައުރަޒުން ދައްކުވައިދޭނެވެ.
މި މައުރަޒު އާންމުންނަށް ހުޅުވާފައި ހުންނާނީ އޯގަސްޓް 19 އިން 20 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކުވެސް މެންދުރު 2:00 އިން ރޭގަނޑު 10:00 އަށެވެ.
މި މައުރަޒު ކުރިޔަށްދާނީ ނެޝަނަލް އާޓް ގެލެރީގައިއެވެ.












%20(2).jpeg?w=3840&q=75)