
Ff_l3UWacAEkoC0
ދަނޑުވެރިކަމަށް ބޭނުންވާ ގައުމީ ފެންވަރުގެ ލެބޯޓަރީއެއް ފުވައްމުލަކުގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިޒޯސަސް އެންޑް އެގްރިކަލްޗަރ އިން ބުނެފިއެެވ.
މިކަމާ ގުޅޭގޮތުން އެގްރިކަލްޗަ މިނިސްޓްރީން ބުނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންއަންނަ ނޭޝަނަލް އެގްރިކަލްޗަ ލެބޯޓަރީ އެޅުމާ ގުޅޭ ގޮތުން ފުވައްމުލަކު ކައުންސިލާ އެކީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށާއި ކައުންސިލް އޮތީ މިކަމަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭން ތައްޔާރަށް ކަމަށެވެ.
މިނިސްޓްރީން ބުނީ އެ ލެބޯޓަރީ ތަރައްގީކުރާނީ މައިގަނޑު ހަތަރު ކަމަކަށް ހާއްސަކޮށްގެން ކަމަށެވެ އެއީ ފަސް ތަހުލީލުކުރުމާއި، ގަސްތަކަށް ޖެހޭ ބަލިތައް ދެނެގަތުމުގެ އިތުރަށް ގަސްތަކުގެ ޓިޝޫ ނަގައިގެން ކަލްޗަކުރެވޭނެ އިންތިޒާމު ވެސް ހިމެނޭ ގޮތަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއަށް ބޭނުންވާ ފައިސާ ވެސް މިހާރު ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެތަނަށް ބޭނުންވާ އާލާތްތައް އިންޑިއާ ސަރުކާރުން ދޭން ނިންމާފައިވާ އިރު، ސީޑްސް ޕްރޮޖެކްޓް ޖަޕާން މަޝްރޫއުގެ ދަށުން ޕްރޮޖެކްޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ދެން އޮތީ ފުވައްމުލަކުން ބިން ހަމަޖެހުނުހާ އަވަހަކަށް މަސައްކަތް ފެށުމެވެ. ނެކަމަށެވެ. އަދި ލެބޯޓްރީ އިމާރާތުގެ ކޮންސެޕްޓް ވެސް މިހާރު ކުރަހައި ނިމިފައިވާ ކަމަށް ބުންޏެވެ.












%20(2).jpeg?w=3840&q=75)