
ފަރްހާން އަޚްތަރު އަދި ރިތޭޝް ސިދްވާނީގެ މަޝްހޫރު ޕްރޮޑަކްޝަން ހައުސް "އެކްސެލް އެންޓަޓެއިންމަންޓް" އާއި ބޮލީވުޑްގެ ކުޅަދާނަ ލިޔުންތެރިޔާ ކަނިކާ ދިލަން ގުޅިގެން ވަރުގަދަ ތްރިލަރ ފިލްމެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.
މި ދެ ފަރާތް ގުޅިގެން އުފައްދާ މި އައު ޕްރޮޖެކްޓަކީ ބެލުންތެރިން ޝައުގުވެރިވާނެ ފަދަ ސަސްޕެންސުން ފުރިގެންވާ އިންޓެންސް ތްރިލަރ ފިލްމެކެވެ.
ކަނިކާ ދިލަން އަކީ މީގެ ކުރިން 'ހަސީން ދިލްރުބާ' ފަދަ ކާމިޔާބު ތްރިލަރ ފިލްމުތަކާއި އަންހެނުންގެ ދައުރު ބޮޑު ވަރުގަދަ ވާހަކަތަކެއް ލިޔެފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.
އެކްސެލް އެންޓަޓެއިންމަންޓަކީ ބޮލީވުޑްގައި ތަފާތު ގިނަ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ އިތުބާރު ހިފޭ ކުންފުންޏަކަށް ވުމާއެކު، ކަނިކާގެ ތޫނުފިލި ލިޔުންތެރިކަމާ މި ކުންފުނި ގުޅުމުން މިއީ ވަރަށް ފުރިހަމަ ފިލްމަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.
މި ޕްރޮޖެކްޓާ ގުޅޭ އިތުރު ތަފްސީލުތަކާއި، ފިލްމުގެ ކާސްޓުންނަކީ ކޮބައިކަން އަދި ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މިއީ ކުރިއަށް އޮތް ތާނގައި ބޮލީވުޑްގައި އެންމެ ބޮޑަށް އިންތިޒާރުކުރެވޭނެ އެއް ޕްރޮޖެކްޓަށް ވެގެންދާނެއެވެ.












%20(2).jpeg?w=3840&q=75)