
ހިޔާ|Hiya
ހުޅުމާލެ ދެވަނަ ފިޔަވަހީފައު ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ތެރެއިން ފަސް ވަނަ ޓަވަރާއި ހަ ވަނަ ޓަވަރުގެ ކުނި، ފްލެޓް ތިރީގައި ގާއިމްކޮށްފައިވާ ވޭސްޓް ޔުނިޓުން ނަގަން ފަށާފައިވާ ކަމަށް ވެމްކޯ އިން ބުނެފިއެވެ.
ވެމްކޯއިން މިއަދު ބުނެފައި ވަނީ މިއަދުން ފެށިގެން ހިޔާ ފްލެޓްގެ ފަހެއް އަދި ހަ ވަނަ ފްލެޓުން ދުވަހު ކުނި ނެގުމަށް ހަމަޖެހިފައި ވަނީ ފްލެޓް ތިރީގައި ގާއިމްކޮށްފައިވާ ވޭސްޓް ޔުނިޓުން ކަމަށެވެ.
ވެމްކޯއިން ބުނީ ދެވަނަ ފިޔަވަހީގެ ގޭބީސީތަކަށް ވެމްކޯއިން ފޯރުކޮށްދޭ ކުނި އުކާލުމުގެ ހިދުމަތަކީ ދުވަހު ކުންޏަށް ހާއްސަ ހިދުމަތެއް ކަމަށެވެ. އަދި އެ ނޫން ބަރު އަދި ބޮޑެތި ކުނި އުކާލުމަށް ކޯޕަރޭޝަންގެ "ކޯލް އެންޑް ޕިކަޕް" ކެޕްސް ހިދުމަތަށް އެދުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
ވޭސްޓް ޔުނިޓުން ކުނި ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ 17:00 އިން 22:00 އަށް ކަމަށް ވެމްކޯއިން ބުނެ އެވެ.
އުކާލަންގެންނަ ކުނި ހުންނަންވާނީ، ބަދިގެ ކުނި، ޕްލާސްޓިކް ފުޅި އަދި އެހެނިހެންކުނި ވަކިން ބަންދުކޮށްފައި ކަމަށް ވެމްކޯއިން ބުނެ އެވެ.




.jpeg?w=3840&q=75)




.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)





