
މޯލްޑިވިއަން:-
ގައުމީ އެއާލައިން، މޯލްޑިވިއަންއިން ފަތުރުވެރިންނަށް މިހާރު ޓިކެޓު ވިއްކާ އަގު މުރާޖަޢާކޮށް އަގު ހެޔޮކުރުމަށް ނިންމައިފި އެވެ.
ސަރުކާރުން މި ނިންމުން ނިންމާފައިވަނީ 16 އޮގަސްޓު 2026 ވީ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަޒީރުންގެ މެދުގައި ކުރެވުނު ފުޅާ މަޝްވަރާތަކަށްފަހުގައި އެވެ.
އެގޮތުން ރައީސް އޮފީހުން ބުނީ އާދިއްތަ ދުވަހުގެ ވަޒީރުންގެ މަޖިލީހުގައި ގިނަ ކަންކަމާއި މަޝްވަރާކުރެވިގެން ދިޔައިރު ދަތުރުފަތުރުގެ ދާއިރާއިން، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައި.އޭ.އެސް) އިން ވައިގެ ދަތުރުފަތުރުގެ ޓިކެޓަށް ފަތުރުވެރިން އަތުން ނަގާ ފެއަރ މުރާޖަޢާކޮށް މި ފެއަރ ކުޑަކުރެއްވުމަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެވިފައިވާ ކަމަށެވެ.
އަދި ފަތުރުވެރިން އަތުން ނަގާ ފެއަރ މުރާޖަޢާކޮށް މި ފެއަރ ކުޑަކުރެއްވުމަށް ނިންމާފައިވާކަންވެސް ވަނީ ހާމަކޮށްފައެވެ.
މޯލްޑިވިއަންއިން ފަތުރުވެރިންނަށް މީގެ ކުރީން ޓިކެޓު ވިއްކަމުންދިޔައީ ދިވެހީންނަށް ޓިކެޓު ވިއްކާ އަގަށްވުރެ ދެގުނަ ބޮޑުކޮށެވެ.
މިކަމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންުފުނިތަކުން ޒަމާނުއްސުރެ ހައްލެއް ހޯދައިދެއްވުމަށް ކުރީ ސަރުކާރުތަކުގައިވެސް އެދެފައިވާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.










.jpeg?w=3840&q=75)