.png?w=1920&q=75)
asdasdaq (1)
ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ފެނުނު މުހައްމަދު އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް މިއަދު އިންޑިއާއަށް ފޮނުވާފައިވާ ކަމަށެވެ.
އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ މީހާގެ ހަށިގަނޑެއް ފެނިފައިވަނީ ހުޅުމާލޭގައި ހަދާ ވޯޓާ ތީމް ޕާކް ކުރިމަތީގައި އޮންނަ ހުސް ބިމުން މި މަހުގެ ދެ ވަނަ ދުވަހުއެވެ. ފުލުހުންނަށް ލިބުނު މައުލޫމާތުތަކަށް ބިނާކޮށް އެސަރަހައްދު ބަލިއިރު، ހަށިގަނޑެއް ފެނިފައިވާއިރު، ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެފައެވެ.
އުމުރުން 27 އަހަރުގެ އަޛުހާންގެ ގެއްލިގެން ފުލުހުން އޭނާ ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އެމަސައްކަތުގެ ތެރެއިން ދާދި ފަހުން ފުލުހުން ވަނީ އޭނާ އެންމެ ފަހުން ފެނިފައިވަނީ ޓެކްސީ އަކަށް އަރަނިކޮށް ކަމަށް ވިދާޅުވެފައެވެ.

.jpeg?w=3840&q=75)




.jpeg?w=3840&q=75)



-1786972426717.jpeg?w=3840&q=75)

