
SBU-Photos-Optimized_HPL_1600x900
ހިތަދޫ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އަންނަ މަހު ފެށޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)އިން ބުނެފި އެވެ.
އެމްޕީއެލް ގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، ހިތަދޫ ޕޯޓްގެ ހުރިހާ މަސައްކަތެއް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ ކަމަށާއި، އަދި ހިތަދޫ ވިޔަފާތި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އަންނަ މަހު ފެށިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ، ހިތަދޫ ބަނދަރު އަލުން ތަރައްޤީކުރުމުގެ މާސްޓާ ޕްލޭން އެއްކޮށް ނިންމައި، ޑިޒައިން އާއި ކޯސްޓިންގެ އިތުރުން އީއައިއޭވެސް މިހާރު ނިމިފައިވާ ކަމަށެވެ.
މި ބަނދަރު ތަރައްޤީކުރެވުމުން މޫސުން ގޯސްވާ ދުވަސްވަރު ބޯޓުފަހަރު ތޮށިގަނޑަށް ކައިރި ކުރުމުގައި ދިމާވާ ދަތިތަކާއި، ބަނދަރުކޮށްފައި އޮންނަ ބޯޓުތަކުގެ ވާ ކަނޑައިގެންގޮސް ބޯޓުފަހަރުތަަކަށް ވާ ގެއްލުންތައް ކުޑަވެގެންދާނެކަމަށް އެމްޕީއެލްއިން ބުނެއެވެ.














.jpg?w=3840&q=75)

