
.jpg?w=3840&q=75)




.jpeg?w=3840&q=75)

310269505_10159062136305687_2161895121869297432_n
ކުޅުދުއްފުށި ސިޓީގެ ހުކުރު މިސްކިތަށް ބަޔަކު ގެއްލުން ދީފި އެވެ.
ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވީ، ހުކުރު މިސްކިތުގެ މަރާމާތު މަސައްކަތްތައް ކުރަމުން އަންނަ މިދަނޑިވަޅުގައި، ރޭގެ ވަގުތެއްގައި މިސްކިތުގެ ތަޅުމަށް ބަޔަކު ގެއްލުން ދީފައިވާ ކަމަށެވެ.
މިސްކިތު ތަޅުންމަތީގައި ސިމެންތި އޮލަ ލައިފައި ނުހިކި ހުއްޓާ ތަޅުންމައްޗަށް ފެންހޮޅިއެއް ދޫކޮށްލުމާއި ތަޅުމުގައި އެކި އެއްޗެހި ލިޔެ ތަޅުން ހަލާކުކޮށްލާފައިވާ ކަމަށް އާތިފް ވިދާޅުވި އެވެ.
އެކަން ކުށްވެރިކޮށް އާތިފް ވިދާޅުވީ، މަދުފަރާތްތަކެއްގެ މިފަދަ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން ބޮޑެތިގެއްލުންވެ، ރަށުގެ ތަރައްޤީއަށް ހުރަސްއެޅެމުންދާކަމަށެވެ.
"ކިތަންމެވަރަކަށް މިފަދަ އަމަލުތައް ހިންގިކަމުގައިވިޔަސް، އިރާދަކުރެއްވިއްޔާ ރަށުގެ ތަރައްޤީއާއި ރައްޔިތުންގެ ހެވާލާބައަަށް މަސައްކަތްކުރުންމަތީ ސިޓީ ކައުންސިލް ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވަން" - މޭޔަރ އާތިފް
އެ މައްސަލަ ވަނީ މިހާރު ފުލުހުންނަށް ރިޕޯޓްކޮށްފައެވެ.

.jpg?w=3840&q=75)





.jpg?w=3840&q=75)
