






.png?w=3840&q=75)

4074
ގއ.ވިލިނގިލީ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި އަންހެނަކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިރޭ މާލެ ގެނެސްދީފިއެވެ.
މިރޭ މާލެ ގެނެސްދީފައިވަނީ ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ އުމުރުން 56 އަހަރުގެ އަންހެނެކެވެ.
އެ މީހާ މާލެ ގެނެސްދީފައިވަނީ، ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ މީހާ ބެއްލެވި ގއ. އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.
އެމްއެންޑީއެފް ހެލިކޮޕްޓަރުގައި ބަލި މީހާ މާލެ ގެނެސްފައިވަނީ މިރޭ 19:13 ހާއިރުއެވެ.




