








ކޯސްޓްގާޑު
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކޯސްޓްގާޑުން ސިއްހީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމުގެ 57 މެޑިކަލް އިވެކުއޭޝަން ހަދައިފި އެވެ.
1 އޮކްޓޯބަރު 2026 އިން 8 އޮކްޓޯބަރު 2026 އަށް ހިނގި ހާދިސާތަކުގެ ރިޕޯޓަށް ބަލާއިރު، މި މުއްދަތުގައި މުޅި ޖުމްލަ 57 މެޑިކަލް އިވެކުއޭޝަނެއްގައި އެމްއެންޑީއެފުން ހަރަކާތްތެރިވެފައިވެ އެވެ.
މި ހަފްތާގައި ކޯސްޓުގާޑުގެ 1st ސްކޮޓްރަންގެ 34 ހާދިސާއަކަށް އެމްއެންޑީއެފުން ހަރަކާތްތެރިވެފައިވާއިރު، ކޯސްޓުގާޑުގެ 2nd ސްކޮޓްރަންގެ 6 ހާދިސާއަކަށް އެމްއެންޑީއެފުން ހަރަކާތްތެރިވި އެވެ. އަދި 3rd ސްކޮޓްރަންގެ 5 ހާދިސާއަކަށް އެމްއެންޑީއެފުން ހަރަކާތްތެރިވެފައިވާއިރު، 4th ސްކޮޓްރަންގެ 12 ހާދިސާއަކަަށް އެމްއެންޑީއެފުން ހަރަކާތްތެރިވެފައިވާއިރު، ސީއެންބިއުލާންސްއިން އެއްވެސް ހާދިސާއަކަަށް ހަރަކާތްތެރިވެފައިނުވެ އެވެ.








