







ހުޅުމާލެ ފޭސް 2ގައި ފަޔާފައިޓަރުން ކުރިއަށްގެންދިޔަ އެވެއާނަސް ސެޝަނެއް
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ފަޔަރ އެންޑް ރެސްކިޔު ސަރވިސް އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ގުޅިގެން، ހުޅުމާލެ ފޭސް 2 ގެ "އަމާން އުދަރެސް" ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ފަޔަރ އެވެއާނަސް ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.
އެމްއެންޑީއެފް އިން ބުނީ "އަމާން އުދަރެސް" ޓަވަރު 15 އަދި 16 އާ ދެމެދު އޮންނަ ހުސްޖާގައިގައި އަމާން އުދަރެސް ޓަވަރު 15،14،13 އަދި 16 ގައި ދިރިއުޅޭ ފަރާތްތަކަށް ރޭގައި ކުރިއަށްގެންދިޔަ މި ސެޝަނުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވި އާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެ ގޮތުގެ މުހިންމު މަޢުލޫމާތުތައް ކިޔައިދިނުމުގެ އިތުރުން ހާއްސަކޮށް ބަދިގޭގައި ހިނގާ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މި ސެޝަންގައި އަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް އުނގަންނައިދީފައިވާކަމަށްވެސް އެމްއެންޑީއެފް އިން ފާހަގަކުރި އެވެ.
މި ސެޝަންގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނެގި ގުރުއަތުން ހޮވުނު ނަސީބުވެރި ފަރާތަށް އިނާމް ހަވާލުކޮށްދެއްވާފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އާންމުންގެ ގިނަ ފަރާތްތަކެއް ބައިވެރިވި މި ސެޝަން ނަގައިދިނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުންނެވެ.
މިހާރަކަށް އައިސް އަމާން އުދަރެސް ސަރަހައްދުގައި އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު މިވަނީ އިތުރުވެފަ އެވެ.



