


.jpg?w=3840&q=75)





ali-zaid-e1605634988175
މާލޭގެ އަމީނީމަގުން ގަސް ކަނޑާތީ މައްސަލައަކަށްވެގެން އުޅުއްވާ ބޭފުޅުންނަށް ލިވާތުގެ މައްސަލަތަކުގައި ދެމުންދާ އަދަބު މައްސަލައަކަށް ނުވާ ކަމުގައި ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިޚް އަލީ ޒައިދު މިހެން ވިދާޅުވެފައި މިވަނީ، އަމީނީމަގު ހެދުމަށް މަގުގައި ހައްދާފައިހުރި ގަސްތައް ކަނޑަމުންދާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ގަސްތައް ކެނޑުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރުމަށް ކޯޓަށް މައްސަލަ ހުށަހަޅާފައިވާތީއެވެ.
ޝެއިޚް ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަމީނީ މަގުން ގަހެއް ކަނޑާތީތޯ ކަންބޮޑުވެ ދެލޮލަށް ނިދި ނައިސްގެން އުޅުއްވާ ބޭފުޅުންނަށް ލިވާތުގެ މައްސަލަތަކުގައި އެކަށީގެންވާ ފިޔަވަޅު ނޭޅުމަކީ މައްސަލައަކަށް ނުވާ ކަމަށެވެ.
އަދި ދައުލަތުގެ މުއައްސަސާތައް ގުޅިގެން އެފަދަ މުޖުރިމުން ސަލާމަތްކުރުންވެސް އެބޭފުޅުންނަށް މައްސަލައަކަށް ނުވާ ކަމަށްވެސް ޒައިދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.



.jpg?w=3840&q=75)




