
-
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ހިންގަވާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ރަސްމީ ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ޢާންމުކޮށް ހުޅުވާލައިފިއެވެ.
ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮތް އިޙްތިރާމްކުރުމުގެ ރީތި އާދަކާދަ އަލުން އަށަގެންނެވުމަށްޓަކައި 5 އަހަރު ދުވަހުގެ މުއްދަތަށް ހިންގާ މި ޤައުމީ ކެމްޕޭނުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ - މުޖުތަމަޢުގެ ނަފާ" އެވެ. މި މަޝްރޫޢުގެ ދަށުން ބޭނުންކުރާނެ ލޯގޯ ފަރުމާކުރުމުގެ އުޞޫލު މިހާރު ވުޒާރާއިން ވަނީ ޢާންމުކޮށްފައެވެ.
ލޯގޯ ފަރުމާކުރުމުގައި މައިގަނޑު ގޮތެއްގައި ބަލަންޖެހޭ ކަންކަން:
ލޯގޯއަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް:
ވުޒާރާއިން ހާމަކުރި ގޮތުގައި، މި މުބާރާތުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކްލަބް ޖަމްޢިއްޔާތަކަށާއި، އުމުރުން 16 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބައިވެރިވެވޭނެއެވެ. ލޯގޯ ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި ހިނގާ މަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ. ލޯގޯ ހުށަހަޅަންވާނީ ހާޑް ކޮޕީ އަދި ސޮފްޓް ކޮޕީ ހިމެނޭ ގޮތަށެވެ.
މި މުބާރާތުން އެއްވަނައަށް ހޮވޭ ލޯގޯ ފަރުމާކުރި ފަރާތަކަށް 60,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އަދި ވަނަ ހޯދާ ލޯގޯ އިޢުލާނުކުރުން އޮންނާނީ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރަސްމީކޮށް ފެށުމަށް ބާއްވާ ޚާއްޞަ ޖަލްސާގައެވެ.


.jpg?w=3840&q=75)




.jpg?w=3840&q=75)







