
FyF3TZ5agAIahni
ސްޓެލްކޯއިން ފެށިގެން ރަށްދެބައިމަގާ ހަމައަށް އަމީނީ މަގު އާއްމުންނަށް ހުޅުވާލައިފި އެވެ.
އާރުޑީސީން ބުނީ، އަމީނީމަގުގެ ސެގްމަންޓް 4،5،6،7 ނިންމާ، މިހާރު އާއްމުނަށް ހުޅުވާލާފައިވާ ކަމަށެވެ. މިއީ އެކުންފުނިން އެންމެ ފަހުން ތާރު އަޅައި ނިންމާލި ބައިތަކެވެ. އެކުންފުނިންވަނީ މި ބައިތަކުގައި ގަސް އިންދުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ.
މާލޭގެ ހުރިހާ އަވަށްތަކެއް ގުޅުވައިދޭ މައި އެއް މަގުކަމަށްވާ އަމީނީމަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. 7 ސެގްމެންޓުގެ މަސައްކަތް ނިންމާލާފައިވާއިރު ބާކީ ކުރި 6 ސެގްމެންޓުގެ މަސައްކަތް 4 މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލައި އަމީނީ މަގު މަޝްރޫއު އެއްކޮށް ނިންމާލުމަށް އާރްސީޑީސީއިން ވަނީ އަމާޒުހިފާފައެވެ.
އަމީނީ މަގު މަޝްރޫއު، އާރުޑީސީއާ ހަވާލުކޮށްފައިވަނީ 84 މިލިއަން ރުފިޔާއަށް 210 ދުވަހުން ނިންމުމަށެވެ.










%20(1).jpeg?w=3840&q=75)

