
.jpeg?w=3840&q=75)







290782395_5435931873183796_4136776773174466764_n
މިސަރުކާރުން ގދ މަޑަވެލީގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިޔަށް ގެންދާނެ ކަން ރަސްމީކޮށް މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވެއްޖެ އެވެ.
ފިރުޝާން މިމޭރުމުން ވާހަކަފުޅު ދެއްކެވީ މަޑަވެލި-ހޯނޑެއްދޫ ޒަމާނީ ކޯސްވޭއަކުން ގުޅާލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން ފިރުޝާން ވިދާޅުވީ ކޯސްވޭ ޕްރޮޖެކްޓު ފެށުމުގެ ރަސްމިއްޔާތުގެ ދައުވަތު މީސްމީޑިއާގައި ހިއްސާކުރުމުން މަޑަވެލީގެ ގިނަ އަދަދެއްގެ ރައްޔިތުން އެރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ލަސްވާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އެހުރިހާ ފަރާތްތަކަށް ދޭނެ ޔަޤީންކަމަމީ މި ސަރުކާރުން ގދ މަޑަވެލީގައި 14 ހެކްޓަރުގެ ބިން ހިއްކާނެ ކަމުގެ ޔަޤީންކަން ކަމުގައި ފިރުޝާން ވިދާޅުވިއެވެ. އަދި މިކަން ހަޤީޤަތަކަށް ވަންދެން އެކަމުގައި ވަކާލާތު ކުރާނެ ކަމުގެ ޔަޤީންކަންވެސް ފިރުޝާން ވަނީ ދީފައެވެ.
މައުލޫމާތު ލިބޭގޮތުގައި މިހާރު ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށްޓަކައި އީއައިއޭ ވަނީ ހަދާފައެވެ. އަދި އީއައިއޭ ވަނީ ފާސްވެސް ވެފައެވެ.
މަޑަވެލީގެ ބިމުގެ މައްސަލައާއި އެކު މަޑަވެއްޔާއި ހޯޑެއްދޫ އެއް ފަސްކުރުމަށް ގޮވާލައި މަޑަވެލި ކައުންސިލުން ކުރިން ވަނީ ގަރާރެއްވެސް ފާސްކޮށްފައެވެ.

.jpeg?w=3840&q=75)






