








saasaa
އިނގިރޭސިވިލާތުގެ ކެބިނެޓަށް ފުރަތަމަ ފަހަރަށް ލަންކާ ދަރިކޮޅުގެ މީހަކު އައްޔަންކޮށްފި އެވެ.
އިއްޔެ އިނސިރޭސިވިލާތުގެ ބޮޑުވަޒީރުކަމާއި ހަވާލުވި ލިޒް ޓްރަސް ގެ ކެބިނެޓަށް އައްޔަންކޮށްފައިވާ ލަންކާ ދަރިކޮޅުގެ މީހަކީ ރަނިލް ޖަޔަވަރުދަނާ އެވެ.
އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު ލިޒް ޓްރިސްގެ ފުރަތަމަ ކެބިނެޓްގައި ސެކްރެޓަރީ އޮފް ސްޓޭޓް ފޯ އެންވަޔަރަންމަންޓް، ފުޑް އެންޑް ރޫރަލް އެފެއާޒްގެ މަގާމަށް ރަނިލް ޖަޔަވަރުދަނާ އައްޔަން ކުރީ މިއަދު އެވެ.
ކުރީގެ މިނިސްޓަރު ޖޯޖް ޔުސްޓީސްގެ ބަދަލުގައި ޖަޔަވަރުދަނާ ހައުސް އޮފް ކޮމަންސްއަށް ވަދެވަޑައިގެންނެވިއިރު، އޭނާ ވަނީ 2015 ވަނަ އަހަރު ޔޫކޭގެ އުތުރު އިރުމަތީ ހެމްޕްޝަޔާގެ އެމްޕީއެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.
މެއި 2020 އިން ސެޕްޓެމްބަރު 2022 އަށް އިންޓަނޭޝަނަލް ޓްރޭޑް މިނިސްޓަރުކަން ލިޒް ޓްރިސް އާއި އެކު ކުރައްވައިފަ އެވެ. މިއާއި އެކު ރަނިލް ޖަޔަވަރުދަނާ ވެފައިވަނީ ޓްރަސް އާއި ވަރަށް އަރިސް ބޭފުޅަކަށެވެ.




