








ޖަލާއި ބަންދުމީހުން ބެލެހެއްޓުމާބެހޭ ޕްރޮގްރާމްގެ ތެރެއިން- ފޮޓޯ: ފުލުހުން
"މެނޭޖްމަންޓް އޮފް ކަރެކްޝަނަލް ފެސިލިޓީސް އެންޑް ރިހެބިލިޓޭޝަން އޮފް އޮފެންޑާސް" ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ ހިދުމަތުގެ އޮފިސަރަކު ބައިވެރިވެއްޖެ އެވެ.
ފުލުހުން ބުނީ މިއީ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން އިންތިޒާމްކޮށްގެން ޖަޕާނުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.
ފުލުހުން ބުނީ މި ޕްރޮގްރާމް ކުރިއަށްގެންދިޔައީ އޮގަސްޓު 24 ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މި ޕްރޮގްރާމްގައި ފުލުހުންގެ ހިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ޝަމީމް ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ޕްރޮގްރާމްގެ މަގްސަދަކީ ކަރެކްޝަނަލް ފެސިލިޓީތައް ބެލެހެއްޓުމާއި ކުށްކުރާ ފަރާތްތައް އަނބުރާ މުޖުތަމައަށް ގެނައުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ގެންގުޅޭ އެންމެ ފަހުގެ އުސޫލުތަކާއި، ސިޔާސަތުތަކާއި، ތަޖުރިބާތަކުގެ އަލީގައި ޖިނާއީ އަދުލުގެ ނިޒާމު ހިންގުން އިތުރަށް ހަރުދަނާކުރުމެވެ.








