
canansbsa
ކިލަލީ ލެގޫން ސަރަހައްދުގައި ލަންކާގެ ނޭވީން ހިންގި ނޯމަލް ޕެޓްރޯލްއެއްގައި 37 ކިލޯއަށް ވުރެ ގިނަ ކެރެލާ ކެނަބިސް އަތުލައިގެންފި އެވެ.
ލަންކާ ނޭވީއިން މިއަދު ބުނީ މި ތަކެތި އަތުލައިގެންފައިވަނީ އިއްޔެ ކަމަށާއި މި މައްސަލައާއި ގުޅުން ހުރި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކަނޑުގެ މަގުން ހިންގާ ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވުމަށް ޓަކައި ލަންކާގެ ކަނޑުގެ އަސްކަރިއްޔާއިން ރަށުގެ ވަށައިގެންވާ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ޤަވާއިދުން ޕެޓްރޯލްކުރުމާއި، ބަލާ ފާސްކުރުމުގެ އޮޕަރޭޝަންތައް ހިންގައެވެ.
މި ގޮތުން ނޯދަން ނޭވަލް ކޮމާންޑްގައި ހުންނަ ނޭވަލް ޑިޕްލޮއިމަންޓް ވެޓަލަކަނީގެ ކިއްލާޑީ ޑިޓެކްޝަން އިން ކެރެލާ ކެނެބިސް ކިއްލާ ލެގޫން ސަރަހައްދުގައި ހިންގި ފުޓް ޕެޓްރޯލެއްގެ ތެރެއިންނެވެ.
މި ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވި ކަނޑުގެ ސިފައިން ވަނީ ކިލަލީ ލެގޫންގައި ހުންނަ މަނަލްކަޑޫ ގޮނޑުދޮށުން ބަސްތާތަކެއް ހިފައިގެން ދިޔަ 02 މީހަކު ބަލައި ފާސްކޮށްފައެވެ.
އެ ބަސްތާތަށް ބަލާފާސްކުރުމުގެ ތެރެއިން ކެރެލާ ކެނަބިސްގެ ގާތްގަނޑަކަށް 37 ކިލޯހުރި އިރު، ކެރެލާ ކެނަބިސް ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހުން ވަނީ ނޭވީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އެގޮތުން އަތުލައިގަތް ކެރެލާ ކެނަބިސްގެ މަގުމަތީ އަގު 11 މިލިއަން ރުޕީސްއަށް ވުރެ މައްޗަށް ދާނެ ކަމަށް ލަފާކުރެވެ އެވެ.















.jpg?w=3840&q=75)
