
824A99BC-BA3E-42B0-954D-1649568E29B1
ގދ ފިޔޯރީގައި ވޮލެންޓިއަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.
މި ޕްރޮގްރާމަކީ ގދ.ފިޔޯރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން އިންތިޒާމް ކޮށްގެން " ކެޕޭސިޓީ ބިލްޑިން ޓްރެއިނިން ފޯ ވޮލެންޓިއާރސް" ގެ ނަމުގައި ބޭއްވުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 އިން 18 ވަނަ ދުވަހުގެ ނިޔަލަށެވެ.
ވެ. މި ޕްރޮގުރާމުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާވެލިފައިވަނީ އުމުރުން 12 އަހަރުންމަތީގެ ދެޖިންސުގެ މީހުންނަށެވެ. އެގޮތުން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުންނާއި މި ލިންކުން ލިބިވަޑައިގަންނަވާނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. އަދި މި ފޯރމް ކައުންސިލް އިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެ އެވެ.
މި ޕްރޮގުރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ 12 އަހަރުން މަތީގެ މީހުން ޕްރުގުރާމުގައި ބައިވެރިވުމަށް 2022 ސެޕްޓޭމްބަރ 13 ގެ އޮފީސް ބަންދުވުމުގެ ކުރިން ފޯމް ހުށަހެޅުމަށް ކައުންސިލް އެދެއެވެ.












