








245624397_4748387125193449_8753569233418860377_n-1536x1024
ގދ ފިޔޯރީގެ ބަނދަރު ސަރަހައްދުން އާއްމު ވިޔަފާރިކުރުމަށް ބިން ދޫކުރުމަށް އެރަށު ކައުންސިލުން މިދިޔަ މަހު އެކައުންސިލުން ކުރި އިއުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެ ޢިއުލާން ބާތިލްކޮށް އަލުން ޢިއުލާން ކޮށްފި އެވެ.
ފިޔޯރީ ކައުންސިލުން މިއަދު ގެޒެޓް ކުރި އިއުލާނެއްގައި ބުނެފައިވަނީ ފިޔޯރީ ބަނދަރުސަރަހައްދުން، އާއްމު ވިޔަފާރިކުރުމަށް 2 ބިން ކުއްޔަށް ދޫކުރުމަށް އެކައުންސިލުން ނިންމައި، ކުލީބިމަށް އެދޭ ފަރާތްތަކުން ބިމަށްއެދި ހުށައެޅުމަށް އާއްމުކޮށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މިގޮތުން އެކައުންސިލުގެ މި ނިންމުމާއި ގުޅޭގޮތުން އެކައުންސިލުން ބުނީ އެރަށު ބަނދަރު ސަރަހައްދަކީ ރަށުގެ މޫނުމަތިކަމަށާއި ރަށަށް ޒިޔާރަތްކުރާފަރާތްތަކަށް މި ބިންތަކުގައި އާންމު ވިޔަފާރިތަކެއް ފެށިގެން ދިޔުމުން ފަސޭހައިން ހިދުމަތް ދެވިގެންދާނެ ކަމަށެވެ.
ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓްރީކުރުމަށް 05 ޖޫން 2022 ނިޔަލަށް ރެޖިސްޓްރީ ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް [email protected] އަށް އީމެއިލް ކޮށްދިނުމަށް ކައުންސިލުން އެދެއެވެ.
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 09 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ފިޔޯރީ ކައުންސިލް އިދާރާގެ މީޓިން ހޯލުގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.




