








photo1652205884
ގދ ފިޔޯރީ އުތުރު ތުނޑީ ސަރަހައްދު ނުވަތަ އާންމުނަމުން ނަމަ ހުއްޓޭކޮޑާ ސަރަހައްދުން ފަތުރުވެރިކަމުގެ ބޭނުމަށް ބިން ދޫކުރަން ފިޔޯރީ ކައުންސިލުން ނިންމައިފި އެވެ.
ފިޔޯރީ ކައުންސިލުން މިރޭ ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އެރަށު ހުއްޓޭކޮޑާ ސަރަހައްދުން ފަތުރުވެރިކަމުގެ ބޭނުމަށް 3 ބިމެއް ދޫކުރަން ވަނީ ކައުންސިލުން ނިންމާފައެވެ.
އެގޮތުން މިގޮތުން މި ބިންތަކުގައި އަމިއްލަ ޚަރަދުގައި ޓޫރިސްޓް ގެސްޓް ހައުސް އާއި ޓުއަރިޒަމާއި ގުޅުންހުރި ވިޔަފާރިއާއި އަދި އެކަމާއި ގުޅުންހުރި އެހެނިހެން ވަސީލަތްތައް ތަރައްޤީކޮށް އަދި އެތަން އޮޕަރޭޓްކުރުމަށް ވަނީ ޝައުވެރިވާ ފަރާތްތަކަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓްރީކުރުމަށް 10 މެއި 2022 އިން 19 މެއި 2022 ނިޔަލަށް ރެޖިސްޓްރީ ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް [email protected] އަށް އީމެއިލް ކޮށްދެއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 02 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ފިޔޯރީ ކައުންސިލްގެ މީޓިން ހޯލުގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.




