


.jpg?w=3840&q=75)




IMG_5301 (2)
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ބެހޭ ގޮތުން އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި އެ ކޯޕަރޭޝަންގެ ޓީމެއް ހުވަދު އަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރަން ފަށައިފިއެވެ.
އެ ކޯޕަރޭޝަނުން މައުލޫމާތު ދިން ގޮތުގައި އެ ޕްރޮގްރާމުގެ ދަށުން ކޯޕަރޭޝަނުގެ ޚިދުމަތްތަކާއި ބެހޭގޮތުން ޢާންމުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި ޙައްޖާއި ޢުމްރާއަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ހުވަދު އަތޮޅުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ. . ހުވަދޫ އަތޮޅުގެ ބައެއް ރަށްރަށުގެ ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
އެގޮތުން، މައުލޫމާތު ދިނުމުގެ ސެޝަންތަކާއި ކުންފުނިން ފޯރުކޮށްދޭ ޙިދުމަތްތަކާއި މުވައްޒަފުންގެ ސްކީމާ ބެހޭ މަޢުލޫމާތު ދިނުމަށްޓަކައި ރަށުގެ އިދާރާތަކާ ބައްދަލުކުރުމުގެ އިތުރުން ގޭގެއަށްގޮސް މަޢުލޫމާތު ހިއްސާކުރުން ފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މިވަގުތު އެ ކުންފުނީގެ ޓީމު ހަރަކާތްތެރިވަމުން އަންނަނީ ގދ. ތިނަދޫގައެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަކީ 2013 ވަނަ އަހަރު ރަޢީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާފައިވާ ސައްތައިން ސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މިކުންފުނީގެ މައިގަނޑު އަމާޒަކީ ޙައްޖާއި ޢުމްރާއަށް ދާން ގަސްތުކުރާ ދިވެހި ރައްޔިތުންނަށް ރަނގަޅު ފެންވަރެއްގައި ލުއި ފަސޭހަކަމާއި އެކު އެ މަތިވެރިއަޅުކަން އަދާކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީ، ޙައްޖު އަދި ޢުމްރާގެ އަޅުކަން އަދާކުރުމުގެ ގަސްތުގައި ދުރާލައިރާވަިގެން ރައްކާކުރާ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓާނެ އިތުބާރުހުރި ނިޒާމެއް ޤާއިމުކުރުމެވެ.



.jpg?w=3840&q=75)

%20(5).jpeg?w=3840&q=75)

