






.jpg?w=3840&q=75)

zaid
ދީނީ އިލްމުވެރިންނާ ދިމާލަށް އެއްޗެހި ކިޔާނަމަ އެކަމާ އެއްކޮޅަށް އަރާނެ މީހުން އުޅޭނެ ކަމަށާއި، އެކަމާ މެދު ކަންބޮޑުނުވާން ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
އަލީ ޒައިދު މިހެން ވިދާޅުވެފައިވަނީ، ރޭ "ވީޓީވީ" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ދީނީ އިލްމުވެރިންނަށް ނިސްބަތްވާގޮތަށް ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ.
އެޕްރޮގްރާމްގައި، ޔޯގާ އަކީ ހުއްދަ ކަމެއް ނޫން ކަމަށް ބުނެ ދީނީ އިލްމުވެރިން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި، މައުމޫން ވަނީ، ކޮންމެވެސް ޔުނިވާސިޓީއަކުން އެއް އަހަރު ދެ އަހަރު ކިޔަވާލާފައި، އޭނާގެ މަންޒަރަށް ބަދަލެއް ގެނެސްފައި، ތުނބުޅިއެއް ބަހައްޓާފައި، އަރަބި ވައްތަރުގެ ހެދުމެއް އަޅާފައި އުޅުނީމަ އެެއީ ދީނީ އިލްމުވެރިއަކަށް ވަނީތޯ ސުވާލު އުފައްދަވާފަ އެވެ.
އެވާހަކަތަށް ރައްދު ދެއްވައި އަލީ ޒައިދު ވިދާޅުވީ، މިނިވަން އަންހެނުންގެ ޢައުރައަކީ މޫނާ ދެއަތްތިލަ ފިޔަވާ އެހެން ހުރިހާ ބައެއްކަމަށް އޭރާ މިހާރުގެ ހުރިހާ ބޮޑެތި ދަންނަބޭކަލުން އެއްބަސް ކަމަށެވެ. އެހެން ނަމަވެސް މަދު ސިޔާސީ މީހަކު ނޫނީ މިއަށް އިންކާރުކުރާތަނެއް ނުދެކޭ ކަމަށެވެެ.








