








zaid
އިސްލާމްދީން އޮންނަން ޖެހޭނީ ހަމައެކަނި މިސްކިތުގެ ހަތަރު ފާރުތެރޭ ކަމަށް ގަބޫލުކުރުމަކީ އިސްލާމީ ވިސްނުމެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު ކުރެއްވި ޓުވީޓެއްގައި މިފަދައިން ވިދާޅުވެފައިވާއިރު، ކީރިތި ރަސޫލާ صلى الله عليه وسلم އަކީ ސިޔާސީ އެންމެ މަތީ ލީޑަރު ކަމަށާއި، އަބޫބަކުރުގެފާނާއި އުމަރުގެފާނާއި އުސްމާންގެފާނާއި އަލީ رضي الله عنهم އަކީ ސިޔާސީ ބޭކަލުން ކަމުގައި ވަނީ ވިދާޅުވެފައެވެ.
އަދި އެބޭކަލުންނަކީ ޚަލީފާއިންގެ އިތުރުން ދީނީ އިލްމުވެރިން ކަމަށާއި އަދި ހަގީގީ ލީޑަރުން ކަމުގައިވެސް ޒައިދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.








