
1625819703mosque4
މިއަދުގެ ޚުތުބާ ޚާއްސަ ކޮށްފައިވަނީ އުނގެނުމުގެ މުހިންމު ކަމުގެ މައްޗަށެވެ. އެގޮތުން ދަރިވަރުންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމުގައި އެދުރުންގެ މަސްއޫލިއްޔަތުތަކާއި، ވާޖިބުތައް މިއަދުގެ ޚުޠުބާގައި ވަނީ ބަޔާންކޮށްދެއްވާފައެވެ.
ދަރިން ތަރުބިއްޔަތުކޮށް، އިސްލާމް ދީނަށާއި، ގައުމަށް ވަފާތެރި ބަޔަކަށް ހެދުމަށްޓަކައި، އެދުރުންގެ ދައުރު ވަރަށް ބޮޑުކަމަށާއި، އެކުދިންނަށް ތަރުބިއްޔަތެއް ދެވޭނީ ކެތްތެރިކަމާއި، ޙިކްމަތްތެރިކަމާއެކު އެދުރުންގެ މަސްއޫލިއްޔަތު އަދާކޮށްދީގެން ކަމުގައި މިއަދުގެ ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.
މިއަދުގެ ޚުޠުބާގައި ބުނެފައިވާ ގޮތުގައި، ކިޔަވާކުދިންގެ ލޯތައް ހުއްޓިފައި ހުންނާނީ އެދުރުންގެ މައްޗަށް ކަމާއި، އެކުދިންނަށް ރަނގަޅު ކަމުގައި ފެންނާނީ އެދުރުން އެކުދިންނަށް ރަނގަޅުކަމުގައި ދެއްކި އެއްޗެކެވެ. އަދި އެކުދިން ހުތުރު ކަމުގައި ދެކޭނީ އެދުރުން އެގޮތަށް ދެކޭ އެއްޗެއް ކަމަށް ވުމުން، އެކުދިންނަކީ އިސްލާމް ދީން ދެކެ ލޯބިވާ، އެދީނަށް ޙުރުމަތްތެރިކޮށް ހިތާ ބަޔަކަށް ހެދައި އެކުދިންނަށް ރިވެތި ނަމޫނާ ބަޔަކަށް ވުމަށް މިއަދުގެ ހުޠުބާގައި ވަނީ އެދުރުންނަށް އިލްތިމާސްކޮށްފައެވެ.
އަދި އޭގެ އިތުރުން، ދަރިންނަށް ތައުލީމު ދިނުމަށްޓަކައި މައިންބަފައިން އަދާކުރާ ދައުރުގެ މުހިންމު ކަމުގެ މައްޗަށްވެސް މިއަދުގެ ޚުޠުބާގައި އަލިއަޅުއްވާލާފައިވެއެވެ. އެގޮތުން ދަރިވަރުން ސްކޫލް މަދްރަސާތަކަށާއި ކޮލެޖު ޔުނިވާސިޓީތަކަށް ފޮނުވައިގެން އުގަންނަނއިދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، މަތި ފެންވަރުތައް ދަރިންނަށް ޙާޞިލުކޮށްދެވޭތޯ ބެލެނިވެރިން ހީވާގި ކަމާއެކު މަސައްކަތްކޮށްދިނުމަށް ޚުޠުބާގައި އިލްތިމާސްކޮށްފައިވެއެވެ.
މިއަދުގެ ޚުޠުބާގައި އުނގެނުމުގެ މުހިންމު ކަމުގެ މައްޗަށް ދަރިވަރުންނަށްވެސް ނަސޭހަތްތެރިވެފައިވެއެވެ. އެގޮތުން މި ފެށުނު ދިރާސީ އައު އަހަރަކީ ދީނީ ރޮނގުންނާއި އިލްމީ ރޮނގުން އިތުރު ކުރިއެރުމާއި ތަރައްގީ ހޯދޭތޯ މަސައްކަތްކުރުމުގެ އަޒުމު ކަނޑައެޅުމަށް ދަރިވަރުންނަށް އިލްތިމާސްކޮށްފައިވެއެވެ.
އެގޮތުން ފޮނި ނަތީއްޖާއެއް ނެރެވޭނީ ހުރިހާ ކަމެއްގައި މަދަރުސާގެ ގަވާއިދުތަކަށް ބޯލަނބައި، މުދަލާއި ތަކެއްޗަށް ވަކިން ޚާއްސަކޮށް ކުތުބުޚާނާގެ ފޮތްތަކަށާއި، ލެބޯޓަރީގެ ސާމާނުތަކަށް ރައްކާތެރިވެ މުދައްރިސުންނަށް ހައްޤުވާ ޤަދަރާއި އިޙްތިރާމް އަދާކޮށްގެން ކަމަށްވެސް މިއަދުގެ ޚުޠުބާގައި ވަނީ ދަރިވަރުންނަށް ނަސޭހަތްތެރިވެފައެވެ.












%20(2).jpeg?w=3840&q=75)


.jpeg?w=3840&q=75)
