


.jpeg?w=3840&q=75)





ލައިސަންސް ނެތް ބިދޭސީއަކު ދުއްވި ސައިކަލަކުން ޖެހި ޒުވާނަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މިއީ މާލޭގެ ބޮޑުތަކުރުފާނު މަގުގައި ދެ ސައިކަލު ޖެހިގެން ރޭ ހިނގި އެކްސިޑެންޓެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިގެން ރޭ 10:15 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ 19 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާ އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި އެކަމަކު ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ ޚިދުމަތުން ބުންޏެވެ.
ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި، ލައިސަންސް ނެތި ސައިކަލު ދުއްވީ ބަންގްލަދޭޝް ފިރިހެނެކެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ މި އެކްސިޑެންޓުގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.



.jpeg?w=3840&q=75)
